"އަޅުގަނޑަށް ޢަދާވާތްތެރިވެ ކަނޑައެޅިގެން އަޅުގަނޑަށް ދެރަދޭން މަސައްކަތްކުރާ މީހުން އެބައުޅެއެވެ. އެކުވެރިންނެގެތެރޭގައިވެސް އަދި ޢާއިލާގައިވެސް އެބަ ތިއްބެވެ؟ އެމީހުން ދެކެ ރުޅި އަން ހުއްދަވާނެތޯ؟"
ކިޔުންތެރިޔާގެ މިސުވާލުގެ ޖަވާބު ތިރީގައިވާ ލިޔުން ލިބޭނެ ކަމަށް އުންމީދުކުރަމެވެ.
"މީހަކު ދެކެ ލޯބިވާން ޖެހޭނީ އެމީހެއްގެ ކިބައިގައި ޒާތީ ކަންތައްތަކަކަށް ނޫނެވެ. ﷲ ތަޢާލާއަށްޓަކައެވެ. ހަމަ އެފަދައިން އެއްވެސް މީހަކު ދެކެ ރުޅި އައުމެއް ނެތެވެ. އެއްވެސް މީހެއްގެ ކިބައިގައި ހުރި ޒާތީ ކަންތައްތަކެއްގެ ސަބަބުން އެއްވެސް މީހަކު ދެކެ ރުޅި އައުމެއް ނެތެވެ.
މީހަކު ދެކެ ރުޅި އަންނަން ޖެހޭނީވެސް ﷲ ތަޢާލާއަށް ޓަކައެވެ. ރުޅިއަންނަން ޖެހޭނީ އެމީހަކު ކުރާ އިސްލާމް ދީނާއި ޚިލާފް ކަންކަމަށެވެ. މީހަކު ދެކެ ރުޅި އައި ނަމަވެސް އެ ނަފްރަތުގެ ސަބަބުން އެއްވެސް މީހަކާއި އެއްކޮށް ވަކިވެގެން ދާން ޖެހޭ ފަދަ ނަފްރަތަކަށް ވެގެން ނުވާނެއެވެ.
ނަފްރަތުކުރަންވީ އެމީހާ ކުރާ ނުބައި ޢަމަލަށެވެ. ދުލުން އެމީހަކަށް ދޭންޖެހޭނީ ނަޞޭޙަތެވެ. އެފަދަ މީހުންނަށް ދައްކަން ޖެހޭނީ ހެޔޮ މުޢާމަލާތެވެ. ހިނިތުންވުމާއިއެކު ހެޔޮ ނަޞޭޙަތް ދީގެން މެނުވީ މުޖުތަމަޢު ޢިޞްލާޙެއް ނުކުރެވޭނެއެވެ."
- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު
- އެއްވެސް މީހަކު ދެކެ ރުޅި އައިސްގެން 3 ދުވަހަށްވުރެ ގިނަ ދުވަހު ހުރުމެއް ނެތެވެ. ދެމީހުން ވާހަކަ ނުދައްކާނަމަ އެދެމީހުންގެ ފާފަތަކަށް ޢަފޫކޮށްދެއްވެވުން (އެދެމީހުން ޞުލްޙަވަންދެން) ލަސްކުރައްވަވައެވެ.
- ދެމީހެއްގެ މެދުގައި މައްސަލައެއް ޖެހުނު ނަމަވެސް ގުޅުމަށް ހުރަހެއް އެޅުނު ނަމަވެސް ގިން ޘަވާބު ދެއްވަވާނީ އެކަން ރަނގަޅުކުރަން އިސްނަގައި ކުރިން ސަލާމްކުރި މީހަކަށެވެ. އަދި ތިމާއަށް ކުށެއް ނުކުރެވުނު ނަމަވެސް މާފަށްވެސް އެދޭ މީހާއަށެވެ. ކުށެއް ނުކުރި ނަމަވެސް މާފަށް އެދުމަކީ ކުށްކުރިކަމަސްވާނެ ސަބަބެއްވެސް ނޫނެވެ. އެހެނީ ކަމުގެ ޙަޤީޤަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
- ރުޅިވެރިކަން ދޫކޮށްލައި ސަލާމްކުރުމުން ޢިޖާބް ނުދީފިނަމަ އެހިސާބުން ސަލާންކުރިމީހާގެ ދައުރު ނިމުނީއެވެ. ފާފަވެރިވާނީ ޖަވާބު ނުދިންނަމަ އެމީހެކެވެ. ވީމާ ބަލައި ނުގަނަތް ނަމަވެސް ފެންއިރަށް ތިބާގެ ފަރާތުން ސަލާމް ކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން