މޭޔަރ މުޢިއްޒަށް: މުވައްޒިފުން ރައްޔިތުންނަށް މިހާ އަނިޔާކުރާކަން އެނގިވަޑައިގަންނަވާތޯ؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 50ސ
މޭޔަރ މުޢިއްޒަށް: މުވައްޒިފުން ރައްޔިތުންނަށް މިހާ އަނިޔާކުރާކަން އެނގިވަޑައިގަންނަވާތޯ؟

ޚަބަރުގައިވާ ފޮޓޯގައި ހިމެނޭ ސަރަހައްދުގައި ފުލުހުން ލައްވައި ލައިމެއް ދަންމުވައިގެން އެސްރަހައްދާއި ކއަިވެސް ނުވި 4 ދުވަސްދިއައީއެވެ. ފިހާރަތަކުން ތަކެތި ގަންނަން އަންނަ މީހުންނަށް އެހައި އުނދަގޫވިއެވެ. އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ސައިކަލް ޕާކުނުކުރެވިގެން ގެއަށް ނުވަދެވިގެން އެތައް ޙާލެއްގައި އުޅެން ޖެހުނެވެ. 

ސުވާލު 1: އެފަޅީގަ ކަމެއް ކުރަން ވެހިކަލް ހުސްކުރިއިރު އަނެއް ފަޅިން ވަގުތީ ގޮތުން ޖާގަކޮޅެއް ނުދެއްވޭނެތޯއެވެ؟ 

ސުވާލު 2: 4 ދުވަސްވަންދެން ރައްޔިތުންނަށް ދަތިއުނދަގޫކޮށް ޖެއްސުން ކުރުވާފައި ޕޮލިސް ލައިން ރޭ ނަގައި ސަރަހައްދު ހުޅުވައިލީ ކުރަންއުޅުނު މަސައްކަތް ސިޓީ ކައުންސިލަށް ނުކުރެވިގެން ކަމަށްވަނީ އެނގިފައެވެ. މިހާވަރަށް އަނިޔާ ކުރަން ހެޔޮވެދާނެތޯއެވެ؟ އަނިޔާ ނޫނީ މިއަސް ކިޔާނީ ކޮން ނަމެއްތޯއެވެ؟ 

ސިޓީ ކައުންސިލުގެ ގިނަ މުވައްޒިފުން ތިބީ އޯވަރހޯލްކުރަންޖެހިފައިކަން ގިނަބައަކު ފާހަގަކުރެއެވެ. "އެމީހުން ވަކިނުކުރެވޭނަމަ މަގުމަތި ކުނިކަހަން ނެރެންވީނު؟ ސިޓީ ކައުންސިލް ނުވާނެ މިނޫން ގޮތެއް!" މިއީވެސް އިވޭއަޑުތަކެވެ.

މިއަދު އޮންލައިން