އުފަންވެލި ޝޮޕްތަކުން މާދަމާ އާއި އަނެއް ދުވަހު (ބުދަ އަދި ބުރާސްފަތި ދުވަހު) ކުކުޅު ވިއްކާއަގު ބޮޑުތަނުން ހެޔޮކޮށްފިއެވެ.
އުފަންވެލި ޝޮޕްތަކުގައި އެ ދެ ދުވަހު ކުކުޅު ވިއްކާނީ 900 ގްރާމްގެ ކުކުޅެއް 32 ރުފިޔާއަށް އަދި 1200 ގްރާމްގެ ކުކުޅެއް 44 ރުފިޔާއަށެވެ.
މީގެ އިތުރުން ވެސް އުފަންވެލި ޝޮޕްތަކުން ގެންދަނީ ގިނަ އަދަދެއްގެ ކާބޯތަކެތީގެ ތަފާތު ބާވަތްތައް އެތެރެކޮށް ހެޔޮއަގުގައި ވިއްކަމުންނެވެ.
ފިޔާކިލޯއެއް މިހާރުވެސް 12 ރުފިޔާއަށް ވިއްކާއިރު ކުކުޅު ބިސް ވިއްކަނީ 75/1 އަށް ބިހެކެވެ.