ޔުނައިޓެޑް ނޭޝަންސް ޑިވިލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި އުރީދޫ މޯލްޑިވްސް އިން އިންތިޒާމު ކުރާ "މިޔަހެލި" ކޭމްޕް އަންނަ މަހު ބާއްވަން ނިންމައިފިއެވެ.
އަންނަ މަހުގެ 21އިން 23 އަށް ބާއްވާ މިކޭމްޕުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތެއްގެ ނިޔަލަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ގޮތަށް މިހާރު ވަނީ ހުޅުވާލާފައިއެވެ.
މިއަހަރުގެ މިޔަހެލި ކޭމްޕުގައި އިސްކަން ދޭނެ ކަންތައްތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާއި މުޖުތަމައުން އެކަހެރި ކުރެވޭ މީހުންނަށް ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެހީވުމާއި ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުން ހިމެނެއެވެ.
މުޖުތަމައުގައި ދިމާވާ ތަފާތު މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް މިޔަހެލި ކޭމްޕް ބާއްވަން ފެށީ 2016 ވަނަ އަހަރުގައިއެވެ