އުފަންވެލި ޝޮޕްތަކަށް މިޞުރުގެ ފޮނި އަންނާރާ އޮށް ނުހުންނަ ކްރިމްސަން މޭބިސްކަދުރުގެ އައު ޝިޕްމަންޓެއް އެތެރެކޮށް ހެޔޮ އަގުގަރީޓޭލްކޮށް އަދި ހޯލްސޭލްކޮށް ވަރަށް ހެޔޮ އަގުތަކުގައި ވިއްކަން ފަށައިފި އެވެ. މީގެ އިތުރުން އުފަންވެލިޝޮޕްތަކުން ގެންދަނީ މިޞުރުގެ ބޮޑެތި ކައްޓަލަވެސް އެތެރެކޮށް ވަރަށް ހެޔޮ އަގުތަކުގައި ވިއްކަމުންނެވެ.

އުފަންވެލި ޝޮޕްތަކުން ބުނީ ތަފާތު ކާބޯތަކެތި އެތެރެކޮށް ހެޔޮއަގުގައި ވިއްކަންކުރާ މަސައްކަތުގެ ތެރެއިން ކަސްޓަމަރުންގެ ތަރުޙީބް ލިބިފައިވާ ބާސްމަތީ ހަނޑުލުގެ 5 ކިލޯގެ ބަސްތާގެ އިތުރުން 1 ކިލޯގެ ބަސްތާވެސް މިހާރު ހެޔޮ އަގުގައި ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކަމުން ގެންދާ ކަމަށެވެ.
އުފަންވެލި ޝޮޕްތަކަކީ ތަފާތު ގިނަ ބާވަތްތަކުގެ ކާބޯތަކެތި އެތެރެކޮށް ހެޔޮއަގުތަކުގައި ވިއްކުމަށް ގިން މަސައްކަތްތަކެއް ކުރަމުން ގެންދާ ފިހާރަތަކެކެވެ. ރާއްޖެތެރޭގެ ފިހާރަތަކަށް ޚާއްޞަކޮށްގެންވެސް ތަފާތު ޕްރަމޯޝަން ގެންދަނީ ހިންގަމުންނެވެ.