މިހާރަކަށް އައިސް ޔޫރަޕްގަ ތިބޭ ޑޮކްޓަރުން ރޮބޮޓް ބޭނުނކޮށްގެން އެމެރިކާގަ ތިބޭ ބަލިމީހުންގެ ބޮޑެތި އޮޕަރޭޝަންތައް އެބަ ކުރެއެވެ. އެމެރިކާގަ ތިބެގެން ޔޫރަޕްގަ ތިބޭ ބަލިމީހުންގެ ބޮޑެތި އޮޕަރޭޝަންތައް އެބަ ކުރެއެވެ.
ސައިންސްގެ އަލީގައި ހޯދާފައިވާ މައުލުމާތުގައި ބުނަނީ ބޮޑު އިބިލީސް ވަނީ ބާމުޑާ ސަރަހައްދުގެ ކަނޑުގައިވާ ބޮޑު ގޮނޑިއެއްގައިކަމަށެވެ. (މޮޅަށް ދެނެވޮޑިގެނވަނީ ﷲ ތަޢާލާއެވެ.)
ނަމަވެސް އިބިލީހުގެ ކޮންޓރޯލުގައިވާ ޝައިޠޯނުންތައް މީސްތަކުންގެ ވަސައިގެން އެނބުރެއެވެ. ވަސްވާސްދެއެވެ. ވީމާ ކޮންމެ މީހެއްގެ ގާތުގައި ހުންނާކަށް ބޮޑު އިބިލީހަކަށް ނުޖެހެއެވެ.
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުންވެސް މިފެންނަނީ ހަމަ އެފަދަ ކަންކަމެވެ. ފެންނަމުންދަނީ ބައެއް މެންބަރުންގެ ދުލާއި އެހެން ގުނަވަންތަކުގެ ކޮންޓްރޯލް އެމީހުންގެ އަތިގައި ނެތި ބަސްބުނެ ކަންކަންކުރާތަނެވެ. އެކަމުގެ ހެއްކަކީ އެމީހުން ކުރާ ކަންކަމާއި ދައްކާ ވާހަކަތަކަށް މަޖިލީހުގެ ރިޔާސަތުން ފުރިހަމަ އެއްބާރުލުން ދިނުމެވެ. ރިޔާސަތުގެ މޭޒުމަތީގައި އޮންނަ މުގުރުގެ ބޭނުންކުރާތަން ނުފެނުމެވެ.