13 ވަނަ ސާޕް ޗެމްޕިއަންޝިޕް މުބާރާތާއި ގުޅިގެން ރާއްޖޭގައި ގައުމީ ޖޯޝާއި ފުޓުބޯޅައިގެ ފޯރި އިތުރުކުރުމުގެ ގޮޮތުން، މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އުރީދޫ މޯލްޑިވްސްއިން، ގޯލް ޖަހައިގެން މޮޅުވާ ފަރާތްތަކަށް ހިލޭ 1 ޖީބީ ޑޭޓާ ލިބޭ ގޭމެއް އުރީދޫ މޯލްޑިވްސްގެ ސެލްފްކެއަރ އެޕް، އުރީދޫ އެޕްގައި ތައާރަފްކޮށްފިއެވެ.
50 ރުފިޔާއިން އާއި މަތިން ރީޗާރޖް ކުރައްވާ ފަރާތްތަކަށާއި ޕެކް އެކްޓިވޭޓް ކުރައްވާ ފަރާތްތަކަށް މިގޭމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޕެނަލްޓީ ކިކެއް ގޯލަށް ޖަހާ ސްކޯ ކުރާ ކަސްޓަމަރުންނަށް ހިލޭ ޖީބީ ލިބިގެންދާނެއެވެ.
ކުރިއަށް އޮތްތަނުގައިވެސް މިފަދަ މަޖާ ގޭމް ކުޅެގެން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ސާޕް ޗެމްޕިއަންޝިޕް 2021 ގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި އުރީދޫ މޯލްޑިވްސްއިން ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ. މީގެ ތެރޭގައި ސޯޝަލް މީޑިއާ ކޮންޓެސްޓް އަދި އުރީދޫ އީ-ކޮމާރސް ޕްލެޓްފޯރމް މެދުވެރިކޮށް ވިޔަފާރިކުރައްވާ ފަރާތްތަކަށް މެޗްތައް ބަލާލުމަށް ޓިކެޓް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައެވެ. މީގެ އިތުރުން ފުޓުބޯޅައިގެ ފޯރީގައި ރައްޔިތުންނާއި ބައިވެރިވެ ކުލަގަދަ ކުރުމަށް އެކި އެކި ހަރަކާތްތައް ވަނީ ރާވާފައެވެ.
ސްކޯ އެންޑް ވިން ގޭމް ކުޅޭނެ ގޮތް
1. އުރީދޫ އެޕް އަށް ޒިޔާރާތްކޮށްލައްވާ: http://ore.do/app
2. 50ރފ އާއި މަތިން ރިޗާރޖްކޮށްލައްވާ
3. ރީޗާރޖްކޮށްލުމުން ސްކްރީނުން ފެނިވަޑައިގަންނަވާ PLAY ONCE އަށް ފިތާލައްވާ
4. ޕެނަލްޓީ ކިކަކުން ގޯލްޖައްސަވާ ހިލޭ ޑޭޓާ ހޯއްދަވާ