އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 13، އައިފޯން 13 ޕްރޯ، އައިފޯން 13 ޕްރޯ މެކްސް އަދި އައިފޯން 13 މިނީއަށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު މޫލީ ވެބްސައިޓް މެދުވެރިކޮށް އުރީދޫ މޯލްޑިވްސްއިން ހުޅުވާލައިފިއެވެ.
ރީތި އައު ޑިޒައިންތަކެއް ހިމެނޭ، އައިފޯން 13 ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއި އެކު، ޕްރޯ މޯޝަން ސުޕަރ ރެޓިނާ އެކްސް.ޑީ.އާރް ޑިސްޕްލޭގެ އިތުރުން ބެޓަރި ލައިފްވެސް ވަނީ އިތުރަށް ފުރިހަމަ ކޮށްފައެވެ. ހަމައެއާއިއެކު، އައިފޯން 13 ސީރީޒްގެ ފޯނުތަކުގައި އެކުލެވިފައިވާ އެޕަލްގެ އޭ-15 ބަޔޮނިކް ޗިޕް އަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކުރެވިފައިވާ އެންމެ ހަލުވި ޗިޕެވެ.
އޮކްޓޯބަރ 8 ވަނަ ދުވަހު 12 ގަޑި ސުންމިނެޓުގައި އުރީދޫ މޯލްޑިވްސްގެ އީ-ކޮމާރސް ޕްލެޓފޯމް މޫލީގެ ވެބްސައިޓް މެދުވެރިކޮށް، ކަސްޓަމަރުންނަށް އައިފޯން 13 ގެ މޮޑެލްތައް ޕްރީއޯޑަރ ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ކަސްޓަމަރުން މިހާރުވެސް ވަނީ ޕްރީއޯޑަރކޮށްފައެވެ.