މޫލީ ލައްވާ ގޯލުޖަހައިގެން ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗުގެ ދެ ޓިކެޓު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
މޫލީ ލައްވާ ގޯލުޖަހައިގެން ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗުގެ ދެ ޓިކެޓު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

މޫލީ ލައްވާ ގޯލުޖަހައިގެން މާދަމާރޭ ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗުގެ ދެ ޓިކެޓު ހޯދުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފިއެވެ.

އުރީދޫގެ ފޭސްބުކްގައި ކުރިއަށް ގެންދާ މި ހާއްސަ ހަރަކާތުން މާދަމާރޭގެ މެޗުގެ ދެ ޓިކެޓު ލިބޭނީ މޫލީގެ ވީޑިއޯ އިން ގޯލު ޖަހާތަން ސްކްރީންޝޮޓް ނަގައި ކޮމެންޓް ސެކްޝަންގައި ޕޯސްޓުކޮށް ފޭސްބުކް ފްރެންޑެއް ޓެގުކުރުމުން ރަކާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށެވެ.

މި ފުރުސަތު މިއަދު ހަވީރު 6:00 އާ ހަމައަށް ހުޅުވާލާފައިވާއިރު މި ޕޯސްޓުގައި ސްކްރީންޝޮޓް ކޮމެންޓު ކުރާއިރު އުރީދޫ ސާފް ޗެމްޕިއަންޝިޕް ހޭޝްޓެގެއްގެ ގޮތުގައި ބޭނުންކުރަން ޖެހޭނެއެވެ. 

ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު އޮންނާނީ މާދަމާރޭ 9:00 ގައެވެ.

މިއަދު އޮންލައިން