އުފަންވެލި ޝޮޕްތަކުން 40 ޕެކެޓުގެ މިންސްމީޓް ކޭހެއް ގަތުމުން ޕެކެޓެއް އެންމެ -/12 ރުފިޔާއަށް އަދި ވަކިން ގަތްނަމަވެސް ޕެކެޓެއް އެންމެ -/15 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ.
މިޚާއްޞަ އަގުގައި ވިއްކަން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 7 ދުވަހަށެވެ.
އުފަންވެލި ޝޮޕްތަކުން ބުނެފައިވަނީ މިހާ ހެޔޮ އަގެއްގައި ވިއްކަނީ ކަސްޓަމަރުންގެ ޖީބަށް ލުއިކޮށްދިނުމުގެ ގޮތުން ކަމަށާއި އުފަންވެލި ޝޮޕްތަކުން އަބަދުވެސް ގެންދަނީ ތަފާތު ބާވަތްތައް ޚާއްޞަ ހެޔޮ އަގުތަކުގައި ވިއްކަމުން ކަމަށެވެ.
ތަފާތު ގިނަ ބާވަތްތައް އެތެރެކޮށް އެންމެ ހެޔޮ އަގުތަކުގައި ވިއްކަމުން ގެންދާތީ އުފަންވެލި ޝޮޕްތަކަށް އެތައް ހާސް ކަސްޓަމަރުންގެ މަޤްބޫލުކަން ވަނީ ލިބިފައެވެ.

މީގެ އިތުރުން ކައްކަން ނުވަތަ ތައްޔާރުކުރަން އެއްވެސް މަސައްކަތެއް އިތުރަށް ކުރަން ނުޖެހޭ ގޮތަށް ތުރުކީގައި އުފައްދާ ލެޒީޓާ މަރުކާގެ ގިނަ ބާވަތްތައްވެސް އުފަންވެލި ޝޮޕްތަކަށް އެތެރެކޮށް ގެންދަނީ ހޯލްސޭލް އަދި ރޭޓޭއިލްކުރަމުންނެވެ އެއިގެ ތެރޭގައި ޝަވަރުމާ ޗިކަން ކުޚްޑް ލެޒިޓާ، މެރިނޭޓޭޑް ޗިކަން ބްރެސްޓް ލެޒިޓާ، ޗިކަން ޓެންޑަރ ފިލޭ ލެޒިޓާ، ޗިކަން ޗިޕްސް ބަރގަރ ލެޒިޓާ، ޗިކަން ކްރިސްޕީ ވިންގްސް ލެޒިޓާ، ޗިކަންބަފަލޯ ވިންގްސް ލެޒިޓާ، ޗިކަން ކިްރިސްޕީ ފިންގަރސް ލެޒިޓާ، ފަދަ ބާވަތްތައްވެސް ހިމެނެއެވެ.

މީގެ އިތުރުން ލެޒިޓާ މަރުކާގެ ޗިކަން ސްޓްރިޕްސް، ޗިކަން ސޮސޭޖް، ޗިކަން ނަގެޓްސް، ޗިކަން ޑްރަމްސްޓިކް ފަދަ ބާވަތްތައްވެސް ގެންދަނީ ވަރަށް ހެޔޮ އަގިތަކުގައި ހޯލްސޭލް އަދި ރީޓޭލްކޮށް ވިއްކަމުންނެވެ.