ހާޓް އެޓޭކެއް ޖެހިގެން ފުލުހުންގެ ޑިިވިޝަން ކޮމާންޑަރު އިސްމާލް ނަދީމް ނިޔާވެއްޖެ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 29ސ
ހާޓް އެޓޭކެއް ޖެހިގެން ފުލުހުންގެ ޑިިވިޝަން ކޮމާންޑަރު އިސްމާލް ނަދީމް ނިޔާވެއްޖެ!

ފުލުހުންގެ ނޯތު ޑިވިޝަނުގެ ކޮމާންޑަރެއްގެ ގޮތުގައި ހުރި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާލް ނަދީމް ހާޓް އެޓޭކެއް ޖެހިގެން ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ނަދީމަށް ހާޓް އެޓޭކެއް ޖެހުނީ އިއްޔެ ބ. އޭދަފުށީގައި ފެށި ފުޓްސަލް މުބާރާތް ހުޅުވި މެޗުގައި ފުޓުބޯޅަ ކުޅެން ހުއްޓަ އެވެ. ނިޔާވީ އޭދަފުށިން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ.

ނަދީމް ނިޔާވުމުން ފުލުހުންގެ ޚިދުމަތުގެ ދިދަ، ފުލުހުންގެ ހުރިހާ މަރުކަޒެއްގައި ބައިދަނޑިއަށް ތިރިކުރަން ވަނީ ނިންމައިފައެވެ.

 

މިއަދު އޮންލައިން