މަހުމޫދު މަރާލުމުގައި ބިދޭސީ މީހާ ފިޔަވައި އިތުރު މީހެއްގެ ބައިވެރިވުން އޮތްކަން ފާހަގަކުރެވިފައެއްނެތް: ފުލުހުން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
މަހުމޫދު މަރާލުމުގައި ބިދޭސީ މީހާ ފިޔަވައި އިތުރު މީހެއްގެ ބައިވެރިވުން އޮތްކަން ފާހަގަކުރެވިފައެއްނެތް: ފުލުހުން

އދ. ދަނގެތީ ވިޔަފާރިވެރިޔާ މޮނަލާޒް، މަޙްމޫދު އަބޫބަކުރު (57އ)، މަރާލުމާއިގުޅިގެން ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އާލޮމް މިއާ،(ސާލިމް) (29އ) ފިޔަވައި އިތުރު މީހެއްގެ ބައިވެރިވުން އޮތްކަން މިހާތަނަށް ފާހަގަކުރެވިފައެއްނެތް ކަމަށް ފުލުހުން ބުނެފިއެވެ.

މަޙްމޫދު މަރާލުމާއި ގުޅިގެން މިމައްސަލާގައި ފުލުހުން ފުރަތަމަ ފަހަރަށް ނެރުނު ބަޔާނުގައި ބުނެފައިވަނީ ތުހުމަތަށް ހައްޔަރުކޮށްފައިވާ ބަންގްލާދޭޝް މީހާ އުޅުނު ގެ ފާސްކޮށް މައްސަލައާ ގުޅުން ހުރި ވަރަށް ގިނަ އެއްޗެހި ވަޅުލާފައި ވަނިކޮށް ނަގައިފައިވާކަމަށެވެ. އަދި މިތަކެތި ފުލުހުންގެ ބެލުުގެ ދަށަށް ގެންގޮސް ތަހުލީލުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އަނިޔާވެރި ގޮތަކަށް މަރާލައި ގޯންޏަކަށް ލައި ފެންވަޅަކަށް ވައްޓާލާފައި އޮއްވާ މަހުމޫދު ފެނިފައިވަނީ މި މަހު 14 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން