މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެން.ޔޫ.އެމް) އާއި "އޫރިދޫ" ދެމެދު، އެ ޖަމިއްޔާގެ މެމްބަރުންގެ މެދުގައި ފަސޭހަ ކަމާއިއެކު މުޢާމަލާތު ކުރެވޭނޭ ނިޒާމެއް ގާއިމްކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން "އޫރިދޫ" އިން ޖަމިއްޔާގެ މެންބަރުންނަށް "އޫރިދޫ ވާރކް ގްރޫޕް" ގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ. އެއީ ހުރިހާ މެމްބަރުން މެދުގައި މުޢާމަލާތް ކުރުމަށް ފަސޭހަވެގެންދާނެ އިންތިޒާމެކެވެ.
މި އެއްބަސްވުމުގެ ދަށުން އަންނަނިވި ހިދުމަތްތައް މެމްބަރުންނަށް ލިބިގެންދާނެއެވެ.
- މެންބަރުންގެ މެދުގައި ވަކި ލިމިޓެއްނެތި ހިލޭ ގުޅާލުމާއި އެސްއެމްއެސް ގެ ހިދުމަތް
- ހަތަރު ޑިޖިޓްގެ ގުޅާން ބޭނުންކުރާ "ޝޯޓްކޯޑް" ގެ ހިދުމަތް
- "ވާރކް ގްރޫޕް" ގެ ބޭރުން ވެސް ހިލޭ ގުޅޭ ނަންބަރުތަކެއް
- "ވާރްކްގްރޫޕް" ޕޯރޓަލްގެ ހިދުމަތް
- މެންބަރުންނަށް ހިލޭ 'ބަލްކް އެސްއެމްއެސް" ފޮނުވުމުގެ ހިދުމަތް
- “އޫރިދޫ ކްލަބް ޕްރިމިއަރ" ގެ ފައިދާތައް
ލިބިދެވޭ ހިދުމަތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ދެއްވުމުގެ ގޮތުން "އޫރިދޫ" އިން މިއަދު "ޒޫމް" މެދުވެރިކޮށް މެންބަރުންނަށް ޕްރެސެންޓޭޝަންއެއް ދެވިގެންދިއައެވެ.