ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ މަޝްރޫޢެއް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްވެހުންންނަވައިގެން ހިންގާ އިލްމް އިންސްޓިޓޔުޓުން ފަށަން ނިންމައިފިއެވެ.

ޢިލްމް އިންސިޓިޓިޔުޓުން ބުނެފައިވަނީ މިއީ ކީރިތި ޤުރުއާން ދެކެ ލޯބިވާ، ކީރިތި ޤުރުއާން ހިތުން ދަސް ޒުވާން ޖީލެއް ބިނާކުރުމުގެ މަތިވެރި މަޤުޞަދުގައި ފަށާ މަޝްރޫޢެއް ކަމަށާއި މި މަޝްރޫޢުގައި ދެ ޖިންސުގެ ޒުވާނުންނަށް ބައިވެރިވެވޭނެކަމަށެވެ. އަދި ކުލާސްތައް ކުރިއަށްދާނީ ވަކިން ކަމަށާއި މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާ ކުރިއަށް ދާނީ ހަފްތާ ބަންދުތަކުގައި ކަމަށް އިލްމް އިންސްޓިޓިޔުޓުން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓަރުކަމުގައި ހުންނަވައިގެން 500 ހާފިޡުން ތަމްރީނުކުރަން ފެށްޓެވި މަޝްރޫޢުގެ ދަށުން މިހާރުވެސް 50 ވަރަކަށް ޙާފިޡުން އުފެދިފައިވާކަމަށް ބެލެވެއެވެ.
ޤުރްއާނުގެ ޢިލްމް ފެތުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބަރަކާތް ލައްވަވާށި! އާމީން