އޭ. ޑީ. އެސް. އެލް ހައި ސްޕީޑް ފައިބަރ ޚިދުމަތަށް ހިލޭ ބަދަލުކުރުމުގެ ފުރުސަތު އިތުރުކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 27ސ
އޭ. ޑީ. އެސް. އެލް ހައި ސްޕީޑް ފައިބަރ ޚިދުމަތަށް ހިލޭ ބަދަލުކުރުމުގެ ފުރުސަތު އިތުރުކޮށްފި

ދިރާގުން އެ ކުންފުނީގެ އޭ. ޑީ. އެސް. އެލް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ހިލޭ ދިރާގު ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށް ބަދަލު ކުރުމަށް ކުރިއައްގެންދިޔަ ޚާއްސަ ޕްރޮމޯޝަންގެ މުއްދަތު 31 ޑިސެމްބަރު 2021 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މިއީ އެޑީއެސްއެލް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަރ ނެޓްވޯކާ ހިލޭ ގުޅައިލެވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރ އަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯ.އެން.ޓީ ވެސެ ހިލޭ ލިބިގެންދާނެއެވެ. އޭ. ޑީ. އެސް. އެލް ކަސްޓަމަރުން ފައިބަރ އަށް އަޕްގްރޭޑް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ މައިއެކައުންޓްwww.dhiraagu.com.mv/ocs މެދުވެރިކޮށް ފަސޭހަކަމާއެކު ކޮށްލެވޭނެއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ ގިނަ އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ %80 މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ. މީގެ ތެރޭގައި 65 ރަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިމެނެއެވެ. 

ދިރާގުން ބުނެފައިވަނީ އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޚިދުމަތްތައް ތައާރަފުކުރުމަށް ކަމަށެވެ.

 

މިއަދު އޮންލައިން