އުރީދޫއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޚިދުމަތްދިނުމުގެ އެއްބަސް ވުމުގައި ސޮއިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
އުރީދޫއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޚިދުމަތްދިނުމުގެ އެއްބަސް ވުމުގައި ސޮއިކޮށްފި

އުރީދޫގެ އެއްމެހާ ޚިދުމަތްތައް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

މިއަދު ސޮއި ކުރި މިއެއްބަސްވުމުގެދަށުން ޚިދުމަތްދޭނީ އެޗް.ޑީ.ސީ އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެންކަމަށް އެޗްޑީސީން ބުނެއެވެ. 

މި އެއްބަސްވުމުގައި ސޮއެކުރުމާއެކު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް، އަދި ޚާއްސަކޮށް ހިޔާފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އުރީދޫގެ ޚިދުމަތްތައް ފަސޭހަ އަދި އަވަސްކަމާއެކު ލިބިގެންދާނެއެވެ.

މީގެ އިތުރުން ކުރިމަގުގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތަކާއި ލުއިފަސޭހަތަށް ލިބިގެން ދާނެއެވެ.  އިންޓަނެޓް އަދި ޓީވީ ފަދަ މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށްވެސް އެއް ވިއުގައެއް ބޭނުންކޮށްގެން ޚިދުމަތް ދެވޭގޮތަށް  އެޗް.ޑީ.ސީއިން ފަރުމާކޮށްފައިވާ މި އޯޕެން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ޚިދުމަތް ދޭން މިހާރު ވަނީ ދިރާގު އަދި މީޑިއާނެޓުން ފަށާފައެވެ. 

އެޗް.ޑީ.ސީގެ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއްގެ މައިގަނޑު ވިއުގައެވެ. މީގެ ޒަރީއާއިން އިންޓަރނެޓް އަދި ޓީވީގެ ޚިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކަށް އެއްވިއުގަ އަކުން އަވަސްކަމާ އަދި ޚިދުމަތް ދިނުމަށްދާ ހަރަދުކުޑަވާނެ ގޮތަކަށް ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުފަހިވެގެން ދެއެވެ. ހަމަ މިއާއެކު  މިފަދަ ޚިތުމަތްތައް ދޭފަރާތްތަކުން އެއްވިއުގައެއް ހިއްސާކުރުމުން ގިނަގިނައިން މަގުކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން މަދު ކުރެވިގެންދާނެއެވެ. 

އެޗް.ޑީ.ސީއިން އިސްނަގައިގެން މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުކޮށްދިނުމަށެވެ. އަދި  އެޗް.ޑީ.ސީއިން ޔަގީންކޮށްދެނީ އޯޕެން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އިންޓަނެޓާއި، ޓީވީއާއި އެހެނިހެން އެފަދަ ޚިދުމަތްދޭ ފަރާތްތަކަށް ފުރިހަމަ ކަމާއެކު އެ ފަރާތްތަކުގެ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށް ދިނުމުގައި މިކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށެއެވެ.

މިއަދު އޮންލައިން