މިއިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސަތްކަތް އިފްތިތާހު ކޮށްދެއްވައިފައިވަނީ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ނަޖީބް ޚާން ގެ އިތުރުން އެ ކުންފުނީގެ މެނޭޖްމަންޓް ޓީމްގެ މެމްބަރުންގެ ހާޒިރުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ހުޅުމާލޭގައި 6982.89 ސްްކުއަރ މީޓަރުގެ މި އާ އިމާރާތުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ގެ ވަސީލަތްތައް ހިމެނޭއިރު، މި އިމާރާތުގައި މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއިއެކު ކުރިއެރުމަށް މަގުފަހިވާ ފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކުރެވިގެންދާނެއެވެ. ޒަމާނީ ޑިޒައިންގެ މައްޗަށް ބިނާކުރެވޭ މި އިމާރާތުގައި ހައި ޕާފޯމަންސް އޮފީސް ސްޕޭސް، އެންޓަޓޭންމެންޓް އޭރިއާ، ޓައުން ހޯލް އޭރިއާ، ކެފޭ، މީޓިން ރޫމް، ސެމިނާ ހޯލް، ޕާކިން އޭރިއާ އަދި އިތުރު އެތައް ޙިދުމަތްތަކެއް މުވައްފުނަށް ލިބިގެންދާނެއެވެ.
އުރީދޫ މޯލްޑިވްސްގެ އާ ހެޑް އޮފީހުގެ މަސައްކަތް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެއެވެ.