ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ކުންފުނި ފާހަގަކޮށް، ދޭ ގޯލްޑް 100 އެވޯޑު އުރީދޫ އިން ހާސިލްކޮށްފިއެވެ.
އުރީދޫއިން މިއެވޯޑާ ހަވާލުވެވަޑައިގަތީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާންއެވެ. މި ރަސްމިއްޔާތު އޮތީ ރޭ ކްރޮސްރޯޑްސްގައެވެ.
މިއެވޯޑު ދެނީ މިކަމަށް އެކުލަވާލާ ހާއްސަ ބޯޑަކުން ބަލައި ޕޮއިންޓްދީގެންނެވެ. އެވޯޑު ދިނުމުގައި، ރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރި ހަރަކާތްތައް ހިންގާ ފުޅާމިނާއި، އެ ކުންފުންޏަކާ ގުޅޭ ދާއިރާއަކުން ކާމިޔާބު އީޖަދުތައް ތައާރަފްކުރާ މިންވަރާއި، އިޖްތިމާއީ ޒިންމާގެ ރޮނގުން އުފެއްދުންތެރި މަސައްކަތްތައް ކޮށްފައިވާ މިންވަރަށް ބަލައެވެ.
Extremely honored to be recognised among the Gold 100 Leading Companies of the Maldives once again. We extend our warmest gratitude to our customers and partners for their continued support. pic.twitter.com/EN0z52aNok
— Ooredoo Maldives (@OoredooMaldives) November 17, 2021