އުރީދޫ އިިން ގައުމީ ސާފިން ޗެމްޕިއަންޝިޕް ސްޕޮންސަރ ކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
އުރީދޫ އިިން ގައުމީ ސާފިން ޗެމްޕިއަންޝިޕް ސްޕޮންސަރ ކޮށްފި

“ރަންނަމާރި ޗެލެންޖް 1443“ ގެ ނަމުގައި ކުރިއަށްގެންދާ ގައުމީ ސާފިން ޗެމްޕިއަންޝިޕް އުރީދޫ އިިން ސްޕޮންސަރ ކޮށްފިއެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އިއްޔެ ވަނީ އުރީދޫއައެކު މި އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. މިއެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

މި މަހުގެ 22ން 30 އަށް ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްގެންދާ މިމުބާރާތަކީ ސާފިން އެސޯސިއޭޝަނާއި، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި 25 ރަށަކުން 102 އެތުލީޓުން ބައިވެރިވާނެއެވެ.

މިއަދު އޮންލައިން