މައިލޯ ނެޓްބޯލް ޓޫނަމަންޓް ފަށައިފިއެވެ.
ފުރަތަމަ މެޗްގައި ބައްދަލުކުރީ ކްލަބް ގްރީން ސްޓްރީޓް އާއި ޒެނިތް ސްޕޯޓްސް ކްލަބެވެ. މި މެޗް 29/79 ޕޮއިންޓުން ކާމިޔާބުކުރީ ކްލަބް ގްރީން ސްތްރީޓްއެވެ. މެޗްގެ ކްއީން އޮފް ދަ މެޗް ގެ މަޤާމް ހޯދީ ކްލަބް ގްރީން ސްޓްރީޓްގެ އައިމިނަތް ރީމް ޝާމްއެވެ.

ދެވަނަ މެޗްގައި ބައްދަލުކުރީ ސްކައިލާކް ސްޕޯޓްސްކަލަބާއި ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ)އެވެ. މި މެޗް 01-58 ޕޮއިންޓުން ކާމިޔާބުކުރީ ކޭވައިއާރުސީއެވެ. މެޗްގެ މޭން އޮފް ދަ މެޗް ގެ މަޤާމް ހޯދީ ކޭވައިއާރުސީގެ ޙުސައިން ޝަވީލް އެވެ.
މިއަދު ކުޅެން ހަމަޖެހިފައިވާ ދެމެޗްގައި ބައްދަލުކުރާނީ ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) އާއި ތޠތް ޔުނިޓެޑް ސްޕޯޓްސް ކްލަބެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ކްލަބް މެޓްރިކްސް އާއި ޝައިނިންގ ސްޓާރ ސްޕޯޓްސް ކްލަބެވެ. ފުރަތަމަ މެޗް ފޭށޭނީ މިރޭ 19:45 ގައެވެ. ދެވަނަ މެޗް ފެށޭނީ މިރޭ 21:30 ގައެވެ.