ޢަރަބިއްޔާގެ ޢިމާރާތަށް ކުރިމަތިވީ އެޅިއިރުވެސް ހަދަން ބޭނުންވި ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ޢަރަބިއްޔާގެ ޢިމާރާތަށް ކުރިމަތިވީ އެޅިއިރުވެސް ހަދަން ބޭނުންވި ގޮތް!

"ޢަރަބިއްޔާ އިމާރާތަށް މިވަރުގެ ސްޓަރަކްޗަރަލް ގެއްލުމެއް ލިބިފައި މިވަނީ އިމާރަތްކުރި ފަރާތާއި ކޮންސަލްޓެންޓްގެވެސް އިހުމާލުން. އިހުމާލުވީ ފަރާތްތައް ޒިންމާ ކުރުވަންޖެހޭ. މިއީ ދަރިވަރުނަށް ނުރައްކާ ޙާލަތެއް އަދި ދާއިރާގެ އިތުބާރަށްވެސް ގެެއްލުން ލިބޭނެ ކަމެއް."

- ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޢަރަބިއްޔާ ސްކޫލަކީ އެޅިއިރުވެސް ސަރުކާރުން އަޅަން ބޭނުންވި ޢިމާރާތެއް ނޫނެވެ. އެކަން ޔަޤީންވަނީ ޢަރަބިއްޔާ ސްކޫލް ފުރަތަމަ ހިންގަމުންދިއަ ޢިމާރާތް ބޮލަށްވެއްޓެން ރައީސް މައުމޫނުގެ ސަރުކާރުން ދޫކޮށްލިކަމެވެ. ބޮލަށް ވެށްޓުމުން ފުރުޞަތުގެ ބޭނުންހިފައި އޭރު ހުރި ރައީސް ނަޝީދުގެ ސަރުކާރުގެ ތަޢުލީމީ ވަޒީރު އަވަސްވެގަތީ ޢަރަބިއްޔާގެ ދަރިވަރުން ސްކޫލްތަކަށް ބަހާލައި ޢަރަބިއްޔާ ވުޖޫދުން ފުހެލުމަށެވެ. 

ދެން ފެނުނީ ބެލެނިވެރިން މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފެށިތަނެވެ. ގްރީންޒޯން، ރައީސް އޮފީސްދޮށަށްވެސް އެއްވިތަނެވެ. އެދުވަހު ބާރުސްޕީޑްގައި ފެންޖެހުމުން މާބަނޑު އަންހެނުން އިތިފުށަށް ވެއްޓި އަނިޔާވިއެވެ. މުންޑު އަނދެގެން ތިބި މުސްކުޅި ފިރިހެނުންގެ އަޢުރަ ކަޝްފްވާގޮތަށް ވެހިކަލްތަކަށް އެރުވިއެވެ. އެދުވަހު މާބަނޑު އަންހެނުންގެ ޙައްޤުތަކާއި ޢުމުރުން ދުވަސްވީ މުސްކުޅިންގެ ޙައްޤުތައް އޮތް ޙާލަކީ އެއީއެވެ.  

ދެން އެހެން ގޮތެއް ނެތިގެން އެޅި މިހާރުގެ ޢަރަބިއްޔާ އެޅުމުގެ ތާރީޚް އޮތީ މިފަދައިންނެވެ. ވީމާ ސަރުކާރުން އެއިރުވެސް އެމަސައްކަތަށް ސަމާލުކަން ނުދިނުމުން މިހާރު ކުރިމަތިވެފައިވާ ޙާލަތު ކުރިމަތިވީއެވެ. އެންމެ 10 ވަރަކަށް އަހަރުވީ މިފަދަ ޢިމާރާތަކަށް މިހައި ބޮޑެތި ސްޓްރަކްޗަރަލް މައްސަލަތައް ކުރިމަތިވުމުން އެއީ ދައުލަތުން ދަޢުވާކުރަންޖެހޭ މައްސަލައަކަށް ނުވާ ސަބަބާއިމެދުވެސް ގިނަބައަކު ކަންބޮޑުވެއެވެ.

 

މިއަދު އޮންލައިން