އޮންދިގޯ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 24ސ
އޮންދިގޯ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިފި

މުއިވެޔޮމަގުގައި ހުންނަ އޮންދިގޯ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ. 

އެފިހާރައިން މައުލޫމާތުދިން ގޮތުގައި ބިއްލޫރިގަނޑު ތަޅާލާފައިވަނީ މިރޭ އިރާކޮޅު ވަގުތެއްގައެވެ. އަދި ފުލުހުން ވަނީ މައްސަލަ ބަލަން ފަށައިފައެވެ. 

ފިހާރައިން ބުނީ އެކަންކުރީ ޖީއެން ސައިކަލެއްގައި އައި ދެމީހުން ކަމަށާއި ބިއްލޫރިގަނޑު ތަޅައިލީ ބޮޑު ގަލެއް އެއްލައި ބިއްލޫރިގަނޑުގައި ޖަހައިގެން ކަމަށެވެ. 

އެފިހާރައަކީ އެތެރެއާއި ބޭރުގެ ކަންކަން ބެލޭނެ ގޮތަށް ސީސީޓީވީ ހަރުކޮށްފައިވާ ފިހާރައެކެވެ.

މިއަދު އޮންލައިން