"ހަރުކަށި ލާދީނީ ފިކުރުގެ މީހުންނަށް ފަރުވާ ކުރުމަށް މަރުކަޒުތައް ނުވަތަ ރިހިބިލިޓޭޓް ކުރާނޭ ސެންޓަރުތަކެއް ދައުލަތުގެ ފަރާތުން ޤާއިމު ކޮށްދޭންޖެހޭ" ކަމަށް ޝައިޚް ޝުޢައިބް ނާޒިމް ވިދާޅުވެއްޖެއެވެ.

ޝައިޚް މިފަދަ ބަސްފުޅެއް ވިދާޅުވިނަމަވެސް ސަރުކާރުގެ އިސްވެރިން މިފަދަ ޚިޔާލުފުޅެއް ގެންގުޅުއްވާކަން އެބޭފޔުޅޫންގެ ވާހަކަތަކުން އަދި އެނގިފައެއް ނުވެއެވެ. އެންމެ ނުބައިކަންބޮޑު ހަރުކަށިފިކުރަކީ ﷲ އާއި ބުރަކަށި ފިކުރުކަމަށްވާއިއރު ދައުލަތުގެ ވެރިން އެކަމަށް ކަންބޮޑުވެވަޑައިނުގަންނަވާ ސަބަބާއިމެދު ގިނަބައަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.
ޝުޢައިބް އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ. "ދީނީ ވާޖިބަކަށް ހުރަސްއެޅޭގޮތަށް އެއްވެސް އުޞޫލެއް ހެދިގެން ނުވާނެއެވެ. މޫނު ބުރުގާ އަޅުއްވާ ކަނބަލުން މޫނުބުރުގާ އަޅުއްވަނީ ޤުރްއާނާ ސުންނަތުން އެކަން ވާޖިބެއްކަމަށް ދަލީލް ލިބޭތީއެވެ."