މިއަދުނޫސް: މަރްޙަބާ އިބުރޭ. އަޅުގަނޑު ގެ އެދުމަށް ދުވަސްކޮޅަކަށްފަހު އިންޓަވިއުއެއްދިނުމަށް ވަގުތު ކޮޅެއްދެއްވީތީ އުފާކުރަން. މިއަދުގެ މަޢުޡޫއަކީ އެމް.ޑީ.ޕީ ގެ އެކްޓިވިސްޓުން މޮބިލައިޒް ކޮށްގެން މާލެސިޓީ ގޯތި ޙަރަކާތުގެ ބޭފުޅުންނާ، "އިންޑިޔާ މިލިޓަރީ އައުޓް" މޫވްމަންޓް އާ ދެކޮޅަށް އެމް.ޑީ.ޕީ އިން ފަށާފަވާ ވަރުގަދަ ސޯޝަލް މީޑިޔާ ކެމްޕޭން ގަ ފުރަހަނި ޝުއައިބުގެ އިތުރުން ސީދާ އިބުރޭ (ކަނޑުވައި އިބުރޭ) ޓާގެޓް ކޮށްފަވާތީއާ:
އަދި އެ ޓާގެޓް ކުރުން ފަށާފަ އިންގޮތުން "ޢާއްމު" އެމް.ޑީ.ޕީގެ ބައެއް މެންބަރުންގެ ޢާންމު ސްޓައިލް ގަ (ލޭއޮހޮރުވާލުމަކަށް) ގެންގޮސްފާނެތީ އެކަމާ ގިނަބައެއްގެ ހާސްވުމާ ކެކުޅުންތައް ހުރީމަ:
ސްކޫލް ދައުރުން ފެށިގެން މިއަދަށް ވެސް ވަރަށް ގާތް އެކުވެރިއަކަށްވާތީ އެމް.ޑީ.ޕީ އިން (އެމް.ޑީ.ޕީގެ ބައެއް އެކްޓިވިސްޓުން މޮބިލައިޒްކޮށް ޝޯޝަލް މީޑިޔާގަ ހިންގަންފެށި ހެރޭސްކުރުމުގެ ކެމްޕޭން) އާއި ގުޅޭގޮތުން ސީދާ އިބުރޭގެ ބަހެއް ހޯދާލުމުގެ މަޤްޞަދުގަ އެދުމުން ވަގުތު ކޮޅެއް ދެއްވީތީ ޝުކުރުދަންނަވަން.
މައްސަލައާއި ގުޅޭގޮތުން އަޅުގަނޑަށް ސިފަވެގެން ދިޔައީ ޑޮކްޓަރ އަފްރާޝީމް ކަތިލި ޙާދިޞާ. އެޙާދިޞާގަވެސް އެމް.ޑީ.ޕީ ގެ ޝޯޝަލްމީޑިޔާ އެކްޓިވިސްޓުން ހެރޭސް ކުރުމުގެ ކެމްޕޭންފަށާ މަގުމަތިން ދިމާކޮށް ހެދުމަށް ފަހު ދުވަސްކޮޅަކުން ފެނިގެން ދިޔައީ ގުރޫޕަކުން ޑރ. އަފްރާޝީމް ކަތިލި ތަން. އެކަމުގަ މިހާރުގެ އެމް.ޑީ.ޕީ ގެ ސަރުކާރުން އުފެއްދި މަރުކޮމިޝަނުގެ ރިޕޯޓްގަ މިހާރުވެސް އެމް.ޑީ.ޕީ ގެ ސްޓޭޓްމިނިސްޓަރ ފެންވަރުގެ މަޤާމެއް ދީފަ ހުރިފަރާތެއްގެ ތުހުމަތު ތަޙްޤީޤްކޮށް ފިޔަވަޅު އެޅުމަށް ބަޔާންކޮށްފަވޭ.
މިއަދުނޫސް: މީ ކުރީގެ ބަސްދީގަތުން ތަކުގަވެސް ކުރެވިފަވާ ސުވާލެއް. މިފަހަރުވެސް ފުރިހަމަވާނީ މި ސުވާލުން ފެށުމުންކަމަށް ފެންނާތީވެ ކޮށްލަން.
މާލެ ސިޓީ ގޯތި ޙަރަކާތް ފެއްޓެވީ ކީއްވެގެންތޯ އަދި އެ ޙަރަކާތުގެ މަޤްޞަދަކީ ކޮބާތޯ
އިބްރާހީމް ރަޝީދު (ކަނޑުވައި އިބްރޭ): ޝުކުރިއްޔާ ލަޠީފް. ގޯތި ޙަރަކާތުގެ މޭންޑޭޓަކީ މާލެ ސިޓީއަށް ނިސްބަތްވާ (ވޯޓުލެވޭ) ކޮންމެ ފަރުދަކަށް އެފަރުދެއްގެ ދަރިފަސްކޮޅާއެކު އަމާންކަމާ، ކުލީގެ އަޅަކަށް ނުވެ ކުރާ މަސައްކަތުން ޙަލާލު ތަކެތި ކައިބޮއި އަބުރުވެރި ދިރިއުޅުމެއް ޤާއިމް ކުރުމުގެ މަޤްޞަދުގަ މި ދެންނެވުނު މިހާރުގެ 40،000 +/- ފަރުދުން ދިރިއުޅޭނެ ގޯތި ކަށަވަރު ކުރުމަށް އުފެއްދި ޙަރަކާތެއް.
މިޙަރަކާތަކީ "ލޮބީ ގްރޫޕް" މޫވްމަންޓް އެއް. އަޅުގަނޑާއި އެކު މިޙަރަކާތުގެ ވައިބަރ ގްރޫޕްގަ އެކަނިވެސް މިހާރު 2800 އަށްވުރެ ގިނަ މެމްބަރުން އެކްޓިވްކޮށް ބައިވެރިވުމުގެ އިތުރުން އެމީހުންގެ ޢާއިލާ ތަކާ މި ޙަރަކާތަށް ފުރިހަމަ އެއްބާރުލުންދޭ މާލެސިޓީގެ އެކު ޖުމްލަ 10،000+ ވަރަކަށް މީހުން ގެ އުއްމީދުތަށް ސީދާކޮށް ގުޅިފަވާ ޙަރަކާތެއް. މާލެ ސިޓީއަށް ވޯޓު ލައްވާ ހުރިހާ ފަރާތްތަކުގެ ޙައްޤު އެކުލެވޭ މި ޙަރަކާތުގަ މާލެސިޓީ ހުރިހާ ބޭފުޅުން ބައިވެރިވެލެއްވުމަށް ދަޢުވަތު އަރުވަން.
https://invite.viber.com/?g2=AQA5BzwitBdrwkuvGweIEOVilVCC2jE9CIO9iilHh%2B1iuCxVl0xE8FZh65S0DtrN
ގޯތި ޙަރަކާތް އުފެއްދީ މާލެސިޓީ ގެ ގޯތިޙައްޤު ކޮންމެ ފަރުދަކަށް، އެ ސިޓީގެ އެކަކުވެސް ބާކީ ނުކޮށް ކޮންމެފަރުދަކަށް ދިރިއުޅޭނެ ގޯއްޗެއް ހޯދައި ދިނުމުގެ މަތިވެރި މަޤްޟަދުގަ. ޙަރަކާތް ފަށަންޖެހުނު ސަބުތައް ވަރަށްގިނަ.
1. އެމް.ޑީ.ޕީ ވެރިކަމަށް އައީ މާލެސިޓީ/މާލެ ރަށްޔިތުންނަށް ގިރާވަރުކަނޑުން ފެށިގެން ކަޅިޔާ ދޭތެރޭގަވާ ފަޅުތަކާ ރަށްތަކުން ގޯތި ދޭން ވަޢުދުވެގެން.
2. އެމް.ޑީ.ޕީ އިން ކަންކުރީ 2 ވެރިކަމުގަވެސް ސީދާ ދިމާ އިދިކޮޅަށް. 2009 ގަ ހުޅުމާލެ ނިގުޅައިގަތީ ސީދާ ރަޢީސް ނަޝީދުއާ އޭރުގެ ޕްލޭނިންގް މިނިސްޓަރ މުޙައްމަދު އަސްލަމް (އަސްލަންޓޭ) ދެބޭފުޅުން. މަޤާމުގެ ބާރާ ނުފޫޒް ބޭނުންކޮށްގެން. އެހެނަސް އެދުވަހު އެކަން އެގޮތަށް ކުރެއްވިއިރު ރަޢީސް ނަޝީދު ގުޅިފަޅުގަ މީހުންދިރިއުޅެއް ޤަރާރުކޮށް ކަނޑައެޅި. 2012 ގަ ވެރިކަން ވެއްޓި 2019 ގަ އަނެއްކާ ވެރިކަންލިބި ފުރަތަމަވެސް ރައީސްނަޝީދު އާ އަސްލަމް ކުރެއްވި ކަމަކީ މާލެ ޕޯރޓް އެޅުމުގެ ނަމުގަ ގުޅިފަޅު ނިގުޅައިގަނެ ތިލަފުއްޓާ 2ރަށަކީ މާލެ ޕޯޓް ކަމުގަ ހަމަޖެއްސުން. މި ނިންމުމުގެ ނަތީޖާއަކީ މާލެސިޓީ ގެ ހުރިހާފަރުދުންނަށް ޤާނޫނީ ގޮތުން ލިބިދީފަވާ ގޯތި ލިބުމުގެ ޙައްޤުން މިސަރަޙައްދުގަ ގޯތިދެވެންއޮތް ހުރިހާތަނެއްނަގާ، އެޙައްޤުން ރަށްޔިތުން މަޙްރޫމް ކުރުން. މިހާރު އެމް.ޑީ.ޕީ އިން އުޒުރެއްގޮތުގަ ބުނަނީ "އެމް.ޑީ.ޕީގެ ރައީސް ނަޝީދުއާ އަސްލަންޓޭ ނިގުޅައިގަތް ތަންތަން ނިގުޅައިގަތީމަ" މާލެ ސަރަޙައްދުގަ މާލެ ރަށްޔިތުންނަށް ގޯތި ދޭނެ ތަންނެއްކަމަށް.
މިއަދުނޫސް: މީ އެމް.ޑީ.ޕީ އިން ހިންގާ ގްރޫޕްތަކުގެ ތެރޭން ގްރޫޕެއް. އެމް.ޑީ.ޕީ ހަރުގެ. 18ހާސް + މެމްބަރުންގެ ގްރޫޕެއްގަ ފާއިޒް މޫސަ ކިޔާ އެކްޓިވިސްޓް އެއް އިބުރޭއާ ދެކޮޅަށް ލިޔެފައޮތް ޕޯސްޓް. މި ޕޯސްޓް ގައި މައިގަނޑު ބައްޓަން ކޮށްފަ އޮތީ އިބުރޭއާ ދޭތެރޭޭ އެމް.ޑީ.ޕީ މެމްބަރުންގެ ނަފްރަތު އުފައްދާ އިބުރޭގެ މަސައްކަތް ހުއްޓުވަން. އެ ޕޯސްޓް ގެ ލިންކް. https://www.facebook.com/groups/209192322469783/posts/4640913119297659/?comment_id=4644882432234061¬if_id=1637601422974022&ref=notif¬if_t=group_comment_follow
ރައީސް ނަޝީދުއާ ދޭތެރޭ ނަފްރަތު އުފައްދާ ފަރާތެއްގެ ގޮތުގަ ސިފަކޮށްފަވޭ. މީ ޑޮކްޓަރ އަފްރަޝީމް ކަތިލުމުގެ ކުރިން އެމް.ޑީ.ޕީ އިން އޭރު ފެށި އެންޓިކެމްޕޭނާ ވަރަށް އެއްގޮތް، ހެރަސް ކޮށް ބޮލުގަ އިލްޒާމު އެޅުވުމުގެ ތުހުމަތުތައްފަދަ ތުހުމަތު ތަކަކަށްވުމުގެ އިތުރުން ސިޔާސީ މާޙައުލަށް ބަލާއިރު ހުރަހަކަށްވާ އެންމެން ނައްތާލުމަށް ޢާއްމުކޮށް ބޭނުން ކުރާ އުކުޅަކަށްވާތީ ހަމަޤައިމުވެސް އަޅުގަނޑުގެ ގައިން ހީބިހި ނަގައިގެންދިޔަ. އިބުރޭ ދެކެނީ ކިހިނެއްތޯ؟
އިބުރޭ: ލަޠީފް. ޖަވާބުގަ އަޅުގަނޑު ޖެހިލަން ޖެހެނީ މި މަސައްކަތް ފެށިތަނާ 2020ގެ ކުރީކޮޅު ފުރަހަނި ޝުއައިބު އަޅުގަނޑާ ގުޅުއްވާ އަޅުގަނޑު އުފުލާ އަޑުގެ ޕްރޫފް ނެންގެވުމަށްފަހު 1މަސްފަހުން ގުޅުއްވާފަ ދެއްކެވި ވާހަކަ. އެވާހަކަ އެންމެ ރަނގަޅުވާނީ ސީދާ ފުރަހަނި ޝުއައިބުގެ އިންޓަވިއު އެއްނަންގަވާ ރަށްޔިތުންނާ ހަމައަށް ގެނެސްދެއްވުން.
އަޅުގަނޑު ދަންނަވާލަން އޮތީ މި މަސައްކަތުގަ އެމް.ޑީ.ޕީ އަކަށް ނުވަތަ އެހެންވެސް ފަރާތަކަށް އަޅުގަނޑު ކުޑަކަކޫ ޖެއްސޭނެކަމަށް ދެކެވޭނަމަ އެއީ އެމް.ޑީ.ޕީ އަމިއްލަ އަށް ހޭލާހުރެ "ވިޝުއަލައިޒް" ކުރާ ބިލާހެއްކަން އެމް.ޑީ.ޕީ އަށާ ބޮޓުންނަށް ކަށަވަރުކޮށްދިނުން. ﷲ ގެ ނިޔާގަ އަޅުގަނޑުގެ ފުރާނަ ގެންދަވަން އޮތީ މި މަސައްކަތުގަ އުޅެނިކޮށް އެމް.ޑީ.ޕީ ހާޑްކޯ ބޮޓުން ރާވައިގެން ކަތިލުން ކަމަށްވަނީ ނަމަ އެކަމުން އަޅުގަނޑަށް ރެެކެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެއީ ﷲ ގެ ނިޔާ. އިރާދަފުޅުގަ އަޅުގަނޑުގެ ނިމުން އޮތީ އެހެން ގޮތަކުން ނަމަ އެމް.ޑީ.ޕީ ގެ ބޮޓުން އުޑުގަޖެހިފަ ބިމުގަ ޖެހުނަސް އެކަމެއް ނުކުރެވޭނެ. އަޅުގަނޑު ގެ އަބަދުގެ ދުޢާއެއް. މާލެ ސިޓީގެ ރަށްޔިތުންތެރޭން ގޯތި ޙައްޤު ހުރިހާ ފަރުދުންނަށް ގޯތި ދިނުމަށް ސަރުކާރުން ނިންމާ އެކަން ތަންފީޒްކުރުން. ﷲގެ ރަޙްމަތްފުޅާއެކު އެދުވަސް އަޅުގަނޑު ދިރިދުނިޔޭގަ ހުއްޓާ ދައްކަވާނެ. އިންޝާﷲ.
އެމް.ޑީ.ޕީ ގެ ރައީސްއާ ހާޑްކޯ ބޮޓު ގްރޫޕުން ތިވިދާޅުވާފަދަ ކަންކަން ރާވާ ހިންގިޔަސް ނުވަތަ ހިންގަން ޚިޔާލު ކުރިޔަސް ރައީސް އިބޫއާ އެމް.ޑީ.ޕީ ގެ ގިނަބަޔަކު އެފަދަ ނޭއްގާނި ކަންކަމަށް ތާއީދު ނުކުރާނެ. މީގެ އިތުރުން ޔަޤީން ކުރަށްވާ. ދިވެހި ޕޮލިސް އިންޓެލް، ޕޮލިސް އިތުރުން އެމް،އެން.ޑީއެފް އާ އެމުއައްސަސާގެ އިންޓެލް އިން މި ޤައުމު އެފަދަ މާފިޔާ ހާއްޔަކަށް ބަދަލު ކުރިޔަ ނުދޭނެ. މޮނިޓަރ ކުރަށްވާނެ.
މިއަދުނޫސް: އެމް.ޑީ.ޕީ އިން ސީދާކޮށް ނިގުޅައިގަނެފަވާ މާލެ ސަރަޙައްދު އަނބުރާ ރަށްޔިތުންގެ ގޯތި ގެދޮރަށް ޢިއާދަ ކޮށްދޭނެތޯ؟ އިބުރޭ. ލަޠީފް. މިހާރުވެސް ތި މައްސަލައިގަ މާލެސިޓީގެ ތާއީދު ވަނީ އެމް.ޑީ.ޕީ އަށް ގެއްލިފަ. ތި ވިދާޅުވީ އެމް.ޑީ.ޕީ އިން ސީދާ ރައީސްނަޝީދުއާ ޕްލޭނިންގް މިނިސްޓަރ މުޙައްމަދު އަސްލަމް ރާވައިގެން މާލެ ނިކަމެތި ރަށްޔިތުންނާ އެމީހުންގެ ޖީލު މަގުމަތިކޮށް މުސްތަޤްބަލް ކަތިލި "ޢުދުވާނު" ގެ ވާހަކަ.
އެފަދަ ވިޔާނުދާ ކަމެއްގަ ދެމިތިބުމީ ސިޔާސީ ޕާޓީ އަކުން ކުރާނެ ކަމެއްނޫން. 2023 ގެ ކުރިން މާލެ ސިޓީގަ ގޯތި ޙައްޤު ހުރިހާ ފަރުދުންނަށް ކޮންމެ ފަރުދަކަށް ގޯއްޗެއް އެކަށައަޅާ ނުދީފިނަމަ ރަށްޔިތުން އެމް.ޑީ.ޕީ އެއްފަރާތްކޮށް އެމީހުންގެ ޙައްޤު ހޯދައިދޭނެ ބަޔަކު ގެންނާނެކަމީ އަޅުގަނޑަށް ކަށަވަރުކަމެއް. އެކަން ހުއްޓުވަން އެމް.ޑީ.ޕީ އަށް ޖެއްސޭނެ ސްޓަންޓެއް، ހެދޭނެ އިތުރު މަކަރެއް، ދައްކާނެ އިތުރު ޙީލަތްތެރި ވާހަކަ ތަކެއް ނޯންނާނެ. މާލެ ސިޓީ ރަށްޔިތުންނަށް ގޯތި ދެވެން އެބައޮތް. ގުޅިފަޅު، ފުށިދިއްގަރުފަޅު. މުސްތަޤްބަލުގެ ޖީލަށް އުތުރު ތިލަފަޅު. ވެރިކަމުގަ ދެމި ތިބެން ބޭނުންނަމަ ނިގުޅައިގަތް މި ތަންތަން މާލެނިކަމެތި ރަށްޔިތުންނަށް އަނބުރާދީ ގޯތި ދޫކުރުމުގެ ކަންކަން އަވަސް ކުރަށްވާ. މިކަމުގަ އިންސާފު ޤާއިމްކުރުމަކީ އެމް.ޑީ.ޕީ ގެ މައްޗަށް ވާޖިބެއް.
