ޤުރްއާނާމެދު ޝައްކުއުފައްދުވަން މަސައްކަތްކޮށްފިނަމަ ޖިނާޢީ ދަޢުވާ ކުރެވެން ޤާނޫނުގަ އެބަ އޮތް! ނުކޮށްފިނަމަ އެއީ ހިތްވަރުދިނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ޤުރްއާނާމެދު ޝައްކުއުފައްދުވަން މަސައްކަތްކޮށްފިނަމަ ޖިނާޢީ ދަޢުވާ ކުރެވެން ޤާނޫނުގަ އެބަ އޮތް! ނުކޮށްފިނަމަ އެއީ ހިތްވަރުދިނުން!

ކީރިތި ޤުރްއާނުގައިވަނީ ޚިޔާލީ ވާހަކަތަކެއްކަމަށް އެންމެ ދިވެއްސެއް ގާތުގައި ބުނި ނަމަވެސް އެމީހަކަށް ޖިނާޢީ ދައުވާކުރަން ޤާނޫނުގައި އެއްވެސް ހުރަހެއް ނެތެވެ. އެހެނީ އެކަމަކީ ޤާނޫނުގައި ކުށެކެވެ. އެކަން ހިމެނޭނީ ދިވެހިންގެ ހިތުގައި ﷲ ތަޢާލާ އާއި އިސްލާމް ދީނާއިމެދު ޝައްކު އުފައްދުވައި ދީނީ އެއްބައިވަންތަކަން ނަގާލަން ކުރެވޭ މަސައްކަތެއް ކަމުގައެވެ. 

1- އެއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއެއްނަމަ އޭނާ ރާއްޖޭގައި އުޅެންޖެހޭނީ ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކަށް ބޯލަނބައިގެންކަމަށް ވަޒީފާގެ އެއްބަސްވުމުގައި ލިޔެވިފައިވާނެއެވެ. 

2- އޭނާއަށް ރާއްޖޭގައި ހުރުމަށް ވިސާ ދޫކުރެވެނީ ރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަށް ރާއްޖޭގައި އުޅުމަށެވެ. 

ހަމައެކަނި މިދެކަންތަކަށް ބެލިނަމަވެސް ކީރިތި ޤުރްއާނާއިމެދު ޝައްކުއުފައްދުވަން މަސައްކަތްކުރި މީހެއްގެ މައްޗަށް ޖިނާޢީ ދައުވާ ކުރެވޭނެއެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތެވެ. ވީމާ ހުޅުމީދޫ ސްކޫލްގެ ދަރިވަރުންތަކަށް ކީރިތި ޤުރްއާނުގެ ޙަޤީޤަތް އޮޅޫވާލަން މަސައްކަތްކުރި ޓީޗަރުގެ މައްޗަށް ޖިނާޢީ ދައުވާކުރެވެން އެބަޖެހެއެވެ. އެކަން ނުކޮށްފިނަމަ ބެލެވޭނީ އެކަން އެކުރީ ސަރުކާރުން އެކަންކުރަން ހިތްވަރުދޭތީ ކަމަށެވެ. 

(މިއީ ރާއްޖޭގެ އިސް ބައެއް ޤާނޫނީ ވަކީލުން މިއަދުނޫހާއި ޙިއްޞާކޮށްފައިވާ މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.)

މިއަދު އޮންލައިން