ޢަރަބިއްޔާގެ ބެލެނިވެރިން ބޭނުންވަނީ ސްކޫލެއް އަޅައިދެންދެން ޢަރަބިއްޔާ ސްކޫލްގަ މަޑުކުރަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޢަރަބިއްޔާގެ ބެލެނިވެރިން ބޭނުންވަނީ ސްކޫލެއް އަޅައިދެންދެން ޢަރަބިއްޔާ ސްކޫލްގަ މަޑުކުރަން-

ޢަރަބިއްޔާ ސްކޫލްގެ މިހާރުގެ ޙާލަތާއިމެދު ކަންބޮޑުވެ މިރޭ ބޭއްވި ބެލެނިވެރިންގެ ބައްދަލުވުމުގައި ބެލެނިވެރިން މަޝްވަރާކޮށް އެއްބަސްވެފައިވަނީ މިހާރު ސްކޫލް ހިންގާ ޢިމާރާތަށް ކުރަންޖެހޭ މަރާމާތުކޮށްގެން، ސަރުކާރުން ޢަރަބިއްޔާއަށް ސްކޫލެއް އަޅައިދެންދެން މިހާރުހުރި ސްކޫލްގައި މަޑުކުރުމަށް ކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

މިއަދުނޫހަށް މައުލޫމާތުދިން ބެލެނިވެރިއަކު ބުނީ މިހާރު ލިބިފައިހުރި ގެއްލުންތައް މަރާމާތުކޮށްދީފިނަމަ އަދި 2، 3 އަހަރު އެ އިމާރާތުގައި ސްކޫލް ހިންގިދާނެކަމަށް ބެލެނިވެރިން ދެކޭކަމަށެވެ. 

"މިއީ މިރޭގެ ބައްދަލުވުމުގައި ބެލެނިވެރިންގެ ޚިޔާލުހުރިގޮތް. ސްކޫލް ދޫކޮށްލާފައި މަގުމަތިވާން ނުކުންނަ ގޮތަކަށް ނޫން ބެލެނިވެރިން ތިބީއަކީ." 

އައިޔޫއެމް ހިންގަމުން އެގެންދަނީ ސައުދީ ސަރުކާރުން މައުޙަދަށް އަޅައިދިން ޢިމާރާތެއްގައެވެ. މަޢްހަދު ވަނީ ޢަރަބިއްޔާ އާއި އެއްކޮށްލެވިފައެވެ. ވީމާ އެ ޢިމާރާތަކީވެސް ޢަރަބިއްޔާ މިހާރުން މިހާރަށް ހުސްކުރަންޖެހިއްޖެ ނަމަ ޢަރަބިއްޔާ މަގުމަތިކޮށްނުލައި ޢަރަބިއްޔާއަށް ދިނުން ޙައްޤު ޢިމާރާތެއްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން