އުރީދޫއިން ޔޫޓިއުބް އަދި ޓިކްޓޮކްއަށް ހާއްސް ޑޭޓާ ޕެކް ތައާރަފްކޮށްފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އުރީދޫއިން ޔޫޓިއުބް އަދި ޓިކްޓޮކްއަށް ހާއްސް ޑޭޓާ ޕެކް ތައާރަފްކޮށްފި!

އުރީދޫ މޯލްޑިވްސް އިން ޔޫޓިއުބް އަދި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޑޭޓާ ޕެކްތަކެއް މިއަދު ތައާރަފްކޮށްފިއެވެ.

މި ޑޭޓާ ޕެކްތަކަކީ އެންމެ 10 ރ އިން އިން ފެށިގެން 250 ރ އާއި ހަމައަށް ބޮޑެތި ޑޭޓާ އެލަވަންސް ހިމެނޭ ޕެކްތަކެކެވެ.

އުރީދޫއިން ބުނެފައި ވަނީ ޓިކްޓޮކް އާއި ޔޫޓިއުބު އަކީ ގިނަ ކަސްޓަމަރުންތަކެއް ބޭނުންކުރާ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމްތަކެއް ކަމުން، މި ޑޭޓާ ޕެކްތަކަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު، މެދުކެނޑުމެއްނެތި ކޮންމެ ވަގުތަކު ވެސް ޓިކްޓޮކް އަދި ޔޫޓިއުބް ކޮންޓެންޓް ހެޔޮ އަގުގައި ބަލާލުމަށް މަގުފަހިކޮށްދޭ ޑޭޓާ ޕެކްތަކެއްކަމަށެވެ. 

އަލަށް ތައާރަފްކުރި ޑޭޓާ ޕެކްގެ އިތުރުން، އުރީދޫ ފްލިކްސް ޕެކް ނަންގަވާ ފަރާތްތަކަށް ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސޮނީލިވް އަދި މީޑިއާނެޓް އެމްއެސް އެޕް ގެ ކޮންޓެންޓް ބައްލަވާލެވޭނެއެވެ.

އަލަށް ތައާރަފުކުރި ހުރިހާ ޓިކްޓޮކް އަދި ޔޫޓިއުބް ޑޭޓާ ޕެކްތަކާ ބެހޭ އިތުރު މައުލޫމާތު http://ore.do/streaming އިން ލިބިވަޑައިގަންނަވާނެއެވެ.

މިއަދު އޮންލައިން