އިޔަރ އެނޑް ބޯނަސް ގެ ނަމުގައި ދިރާގުން ޕްރޮމޯޝަނެއްފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
އިޔަރ އެނޑް ބޯނަސް ގެ ނަމުގައި ދިރާގުން ޕްރޮމޯޝަނެއްފަށައިފި

ދިރާގުން 'އިޔަރ އެނޑް ބޯނަސް' ޕްރޮމޯޝަން ގެ ނަމުގައި ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް، ދިރާގު ޓީވީ އަދި މޮބައިލް އޮފަރ ތަކެއް ދިރާގު މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވެމެއްގައި ލޯންޗުކޮށްފިއެވެ. 

މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބަރ ކޭބަލް އެއް އަޅާފައިވާ ބިލްޑިންގ ތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރ އިން %50 ޑިސްކައުންޓްވެސް ލިބިގެންދާނެއެވެ. މީގެ އިތުރުން، ދިރާގު ފައިބަރ ކޭބަލެއް ނެތް ބިލްޑިންގ ތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން %50 ޑިސްކައުންޓް ކަނެކްޝަން ފީ އިން ލިބިގެންދާނެއެވެ. 

ހަމަ އެއާއެކު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް 31 ޑިސެމްބަރ 2021 ގެ ކުރިން ދިރާގު ޓީވީގެ ޚިދުމަތައް އެދިލައްވައިގެން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެއެވެ.  އަދި މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަންގަވާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް 3 ލިބިގެންދާނެއެވެ. އަދި ސްޓާރޓަރ ޕެކޭޖުން މަތި ކޮންމެ ޕެކޭޖެއް ނަންގަވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި 10 ފަރާތަކަށްއެ ކަސްޓަމަރުގެ ޕެކޭޖުގެ 6 މަސް ދުވަހުގެ މަހުފީ މުޅިން ހިލޭ ލިބިގެންދާނެއެވެ. 

ދިރާގު މޮބައިލް ކަސްޓަމަރުންނަން ލޯންޗު ކުރި ޕޮރޮމޯޝަންގެ ތެރޭގައި 500ރ. އަށް ވުރެއް މަތީގެ ދިރާގު ޕޯސްޓްޕެއިޑްއެއް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭން އަކަށް އެޕްލައިކޮށްލައިގެން 3 މަސްދުވަހަށް ކޮންމެ މަހަކު 3ޖީބީ ލިބެގެންދާނެއެވެ. އަދި، 500ރ. ދަށުގެ ޕްލޭންނެއް އެކްޓިވޭޓް ކުރައްވައިގެން 3 މަސްދުވަހަށް ކޮންމެ މަހަކު 1ޖީބީ ލިބެގެންދާނެއެވެ. 

މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ނެޓްވާރކްއާއި ގުޅާލުމަށް ލިބިގެންދާ ރަނުގެ ފުރުސަތުކެވެ. 

ދިރާގުން ބުނެފައިވަނީ އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށެވެ.

 

 

މިއަދު އޮންލައިން