އައިޖީއެމްއެޗް އިން މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
އައިޖީއެމްއެޗް އިން މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފިއެވެ.

އައިޖީއެމްއެޗް އިން ބުނެފައިވަނީ މި ޚިދުމަތާއެކު އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުމާ، ބޭސް ސިޓީ، ލެބް ރިޕޯޓް އަދި އެހެނިހެން ރިޕޯޓުތައް ބަލައި، ޑައުންލޯޑު ކުރެވުމުގެ އިތުރަށް ބިލުތަ ވެސް ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ބައްލަވާލެއްވޭނެ ކަމަށެވެ.

މީގެ އިތުރުން އަމިއްލަ އެކައުންޓަށް އާއިލާގެ މެންބަރުން އެޑްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. 1 ޑިސެންބަރު 2021 ވަނަ ދުވަހުން ފެށިގެން އެންޑްރޮއިޑް ހުރިހާ ފޯނަކަށްވެސް މި އެޕްލިކޭޝަން ޑައުންލޯޑު ކުރެއްވޭނެއެވެ. އަދި ކައިރި މުސްތަގުބަލެއްގައި އައިއޯއެސް ފޯނުތަކަށް ވެސް އައިޖީއެމްއެޗްގެ މޮބައިލް އެޕްލިކޭޝަން ޑައުންލޯޑު ކުރެއްވޭނެއެވެ.

މި އެޕްލިކޭޝަން އައިޖީއެމްއެޗްގެ ވެބްސައިޓުންވެސް ޑައުންލޯޑު ކުރެއްވޭނެއެވެ.

އައިޖީއެމްއެޗް އިން ބުނެފައިވަނީ އަބަދުވެސް މަސައްކަތް ކުރަމުންދާނީ ޚިދުމަތް ލިބިގަންނަ ހުރިހާ ފަރާތްތަކާ ވެސް ގާތުން މަސައްކަތް ކުރުމާއެކު ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބިގަނެވޭނެފަދަ ނިޒާމެއް ގާއިމްކުރުމަށް ކަމަށެވެ.  

މިއަދު އޮންލައިން