ކުދި ވިޔަފާރިތައް ފަށައިގަތުމަށް އެހީތެރިވުމަށް ދިރާގުން ހާއްސަ ވޯކްޝޮޕެއް ބާއްވަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
ކުދި ވިޔަފާރިތައް ފަށައިގަތުމަށް އެހީތެރިވުމަށް ދިރާގުން ހާއްސަ ވޯކްޝޮޕެއް ބާއްވަނީ

ކުދި ވިޔަފާރިތައް ފަށައިގަތުމަށް އެހީތެރިވުމަށް ދިރާގުން ހާއްސަ ވޯކްޝޮޕެއް ބާއްވަން ނިންމައިފިއެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަގްސަދަކީ ކުދި ވިޔަފާރިތައް ފެށުމަށް ބޭނުންވާ ހުނަރުތަކާއި އެކަމަށް ބޭނުންވާ މައުލޫމާތު ވޯކްޝޮޕްގެ ބައިވެރިންނަށް ފޯރުކޮށްދިނުންކަމަށް ދިރާގުން ބުނެފައިވެއެވެ.

"ލީން ސްޓާޓްއަޕް" ގެ ނަމުގައި، ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ވޯކްޝޮޕްގެ ބައިވެރިންނަށް މައުލޫމާތު ދޭއިރު ކަސްޓަމަރުންނާ މުއާމަލާތްކުރާނެ ގޮތްތަކާ ގުޅޭގޮތުން ކުރެވިފައިވާ ފަހުގެ ދިރާސާތަކާއި އުފެއްްދުމެއް ތައްޔާރުކުރާއިރު ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުވާލާނެކަމަށްވެސް ދިރާގުން ބުނެފައިވެއެވެ.

މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 އިން 19 އަށް ސޯލްޓް ކެފޭގައެވެ.

މިއަދު އޮންލައިން