ދިރާގުން "މަމެން"ގެ މުޅީން އާ އެޑް-އޮންތަކެއް ތައާރަފްކޮށްފިއެވެ.
ދިރާގުން އަލަށް ތައާރަފްކުރި 4 އެޑް-އޮން ގެ ތެރޭގައި 24 ގަޑިއިރަށް ބޭނުން ކުރެވޭ އެއް ޖީބީގެ އެޑްއޮންއަކާއި ފަސް ދުވަހަށް ބޭނުން ކުރެވޭ ދެ ޖީބީގެ އެޑްއޮންއެއްގެ އިތުރުން ހަފުތާއަކަށް ބޭނުން ކުރެވޭ ހަތަރު ޖީބީ އަދި އެއް މަސް ދުވަހަށް ބޭނުން ކުރެވޭ 20ޖީބީގެ އެޑްއޯން ހިމެނެއެވެ.
ޗެޓުކުރުމަށް މަގުބޫލު އެޕްތައް ހިލޭ ބޭނުންކުރެވޭ ދެ އެޑްއޮންއެއް މީގެތެރޭގައި ހިމެނޭއިރު ދެ ޖީބީއާއި 20 ޖީބީގެ އެޑްއޮންއާއެކު ވަޓްސްއެޕާއި ވައިބާ އާއި ޓެލެގްރާމާއި މެސެންޖާ އާއި ވީޗެޓު ހިލޭ ބޭނުން ކުރެވެއެވެ.