ދިރާގު "މަމެން" އިން ހިލޭ ޑޭޓާލިބޭ އޮފާއެއް ތައާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 39ސ
ދިރާގު "މަމެން" އިން ހިލޭ ޑޭޓާލިބޭ އޮފާއެއް ތައާރަފުކޮށްފި

ދިރާގު "މަމެން" އިން ހިލޭ ޑޭޓާލިބޭ އޮފާއެއް ތައާރަފުކޮށްފިއެވެ.

އެ އޮފާއަކީ މަމެން އެޕްލިކޭޝަންގައި ހިމެނޭ "ރިފާ އަ ފްރެންޑް" ފީޗާ ބޭނުންކޮށްގެން ޑޭޓާ ހޯދޭ އޮފާއެކެވެ. މި އޮފާގެ ދަށުން މަމެން މިހާރު ބޭނުން ކުރަމުންދާ ރަހުމަތްތެރިންނާއި އާއިލާ މީހުންނަށް މަމެން އެޕްލިކޭޝަން ބޭނުން ކުރުމަށް ދައުވަތު ފޮނުވޭނެއެވެ. އަދި އަލަށް އެ ހިދުމަތަށް ގުޅޭ ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ލިބޭނެއެވެ.

ދިރާގުން ބުނެފައިވަނީ މި ގޮތަށް ރިފާކޮށްގެން އައު ކަސްޓަމަރަކު މަމެން އެޕްލިކޭޝަނާ ގުޅިއްޖެނަމަ، ދައުވަތު ދިން ކަސްޓަމަރަށް 500 އެމްބީގެ ޑޭޓާ ހިލޭ ލިބޭނެއެވެ. އަދި ރިފާ ކޯޑް ބޭނުން ކޮށްގެން މަމެން އެޕްލިކޭޝަނާ އަލަށް ގުޅޭ ކަސްޓަމަރަށް އެއް ޖީބީގެ ޑޭޓާ ހިލޭ ލިބޭނެއެވެ.

މިއަދު އޮންލައިން