12 މެމްބަރުންގެ ހިފަހައްޓާފައިވާ މުސާރަ ދޭން ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 10ސ
12 މެމްބަރުންގެ ހިފަހައްޓާފައިވާ މުސާރަ ދޭން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި 12 މެމްބަރުންގެ ވެސް މެމްބަރުކަން ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން، އެމެމްބަރުންނަށް ނުދީ ހިފަހައްޓާފައިވާ މުސާރަ ދޭން ފަށައިފިއެވެ.

ގޮނޑިގެއްލިފައިވާ ކަމަށް އެއިރު ކަނޑައަޅާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ، ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު، މައްޗަންގޯޅު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު، ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު އިބްރާހިމް، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ޙުސެއިން، މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު ގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ޙުސެއިން ޝަހުދީގެއެވެ.

މި 12 މެމްބަރުންގެ ގޮނޑި ވެސް ގެއްލިފައިވާ ކަމަށް އީސީ އިން ކަނޑައަޅާފައިވަނީ އެކި ތާރީޚުގައެވެ. އެހެންކަމުން އެމެމްބަރުންގެ މުސާރައާއި އިނާޔަތްތައް މަޖިލީހުން ކަނޑާލާފައިވަނީ ވެސް އެކި ތާރީޚުތަކުގައެވެ.

 

މިއަދު އޮންލައިން