މާލެ ސިޓީގެ ރައްޔިތުންނަށް ގޯތި ދިނުމަށް ވުރެ ސަރުކާރަށް މުހިއްމުވި ކަމަކީ އެޗްޑީސީގެ އާމްދަނީ އިތުރުކުރުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ ހުޅުމާލޭ އުތުރު އަވަށުން ބިން ވިއްކަން ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމިނިންމުމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ހަމަޖެހިފައިވަނީ، 1،603.07 (އެއްހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި، 2،633.82 (ދެހާސް ހަސަތޭކަ ތިރީސްތިނެއް ޕޮއިންޓް އަށެއް ދޭއް) އަކަފޫޓާއި ދެމެދުގެ، ޖުމްލަ 60 ބިމެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ނަމުގައި ހިއްކާފައިވާ ބިމުން ބިޑް އުސޫލުން ބިން ވިއްކަން އެޗްޑީސީން އިއުލާން ކުރުމުން، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.