އައިޖީއެމް ހޮސްޕިޓަލުން ބައެއް ރޫޓީން ސަރޖަރީތައް ކުރަން ފެށައިފިއެވެ.
މިކަމާގުޅިގެން އައިޖީއެމް ހޮސްޕިޓަލުން ބުނެފައިވަނީ 22 ޖަނަވަރީ 2022 އިން ފެށިގެން 2 ހަފްތާއަށް ރޫޓީން (ދުރާލާ ތާވަލުކޮށްގެން ހަދާ) ސަރޖަރީތައް ވަނީ މެދުކަނޑާލާފައިވީނަމަވެސް 06 ފެބްރުއަރީ 2022 އިން ފެށިގެން ރޫޓީން ސަރޖަރީތަކުގެ ތެރެއިން ބައެއް ސަރޖަރީތައް ކުރިއެކޭވެސް އެއްފަދައިން ކުރުމަށް ނިންމާފައިވާކަމަށެވެ.
ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް ހޮސްޕިޓަލުގެ ބައެއް ޚިދުމަތްތައް ޑައުންގްރޭޑް ކުރެވިފައިވީނަމަވެސް އިމަރޖެންސީ (އީ.އާރް) ޚިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށްވެސް އައިޖީއެމް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.