އައިޖީއެމްއެޗް ގެ ލެބޯޓްރީ އާއި އޯޕީޑީގެ ޚިދުމަތްދިނުން ކުރިއެކޭވެސް އެއްގޮތަށް ބަދަލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
އައިޖީއެމްއެޗް ގެ ލެބޯޓްރީ އާއި އޯޕީޑީގެ ޚިދުމަތްދިނުން ކުރިއެކޭވެސް އެއްގޮތަށް ބަދަލުކޮށްފި

އައިޖީއެމްއެޗް ގެ ލެބޯޓްރީ އާއި އޯޕީޑީގެ ޚިދުމަތްދިނުން ކުރިއެކޭވެސް އެއްގޮތަށް ބަދަލުކޮށްފިއެވެ.

އައިޖީއެމްއެޗް އިން ބުނެފައިވަނީ ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ލެބޯޓްރީ އޯޕީޑީ ޚިދުމަތްތަކަށް ބަދަލު ގެނެސްފައިވާއިރު 2022 ފެބްރުއަރީ 06 އިން ފެށިގެން ލެބޯޓްރީއިން ލޭނެގުމުގެ ޚިދުމަތް ދެމުންގޮސްފައިވަނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު :0014 އާހަމައަށެވެ.

ނަމަވެސް 2022 ފެބްރުއަރީ 13 އިން ފެށިގެން މި ޚިދުމަތް ދެމުންދާވަގުތު ކުރިއެކޭވެސް އެއްގޮތަށް ދިނުމަށް ނިންމާފައިވާކަމަށާއި މި ޚިދުމަތް ދެމުންދާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ހަވީރު 16:00 އަށް ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.

ނަންބަރު ދޫކުރަން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 07:45ން ފެށިގެންނެވެ.

މިއަދު އޮންލައިން