ޔޫކްރެއިންގަ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އޮތުމުން އެޤައުމަށް ދިވެހިން ނުދިއުމަށް އިލްތިމާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޔޫކްރެއިންގަ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އޮތުމުން އެޤައުމަށް ދިވެހިން ނުދިއުމަށް އިލްތިމާސްކޮށްފި

ޔޫކްރޭނުގެ މަޝްރަޙު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު  ވަރަށް ގާތުން ބަލަމުން ދާކަމަށް ދިވެހި ޚާރިޖިއްޔާ އިން ބުނެފިއެވެ.

"ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެ ޤައުމަށް ދަތުރު ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކުރަމެވެ". ދިވެހި ޚާރިޖިއްޔާ އިން ބުނެފައިވެއެވެ. 

ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، މި މިނިސްޓްރީ އާއި، އެ ޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށްވެސް ދިވެހި ޚާރިޖިއްޔާ ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން