އިންޑިއާއިން އިސްލާމް ދީން ފުހެލަން ކުރާ މަސައްކަތް މެކްހަށް ޖަހާފަވަނިކޮށް އަލީގަޅު ޔުނިވަރސިޓީން ރާއްޖެއަށް ދީނީ ގޮތުން ހޯދޭނީ ކޮންކުރިއެރުމެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
އިންޑިއާއިން އިސްލާމް ދީން ފުހެލަން ކުރާ މަސައްކަތް މެކްހަށް ޖަހާފަވަނިކޮށް އަލީގަޅު ޔުނިވަރސިޓީން ރާއްޖެއަށް ދީނީ ގޮތުން ހޯދޭނީ ކޮންކުރިއެރުމެއް؟

އިންޑިއާއިން އިސްލާމް ދީން ފުހެލަން އެޤަމުގަ ވެރިކަންކުރާ ބީޖޭޕީން ފައިވިއްދާލައި އެކަމަށް ގަދައަޅައި މަސައްކަތްކުރަމުން ދަނިކޮށް އިންޑިއާގެ އަލީގަޅު ޔުނިވަރސިޓީ އާއި ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އާއި ވައުފަށަކުން ބަނދެވިއްޖެއެވެ. 

ސުވާލަކީ މިފަދަ ޙާލެއްގައި އިންޑިއާއަށް ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ދަރިވަރުން ފޮނުވައިފިނަމަ ޗިޕް ޖެހީމާ އެނބުރި އަންނާނީ ކޮން ޙާލެއްގައިބާވައެވެ! އަދި އިންޑިޢާގެ ދަރިވަރުންނާ މުވައްޒިފުން އަންނާނީ ޖަހާނެ ޗިޕް ހިފައިގެން ނޫންހެއއްޔެވެ؟ 

ރާއްޖޭގެ ތައުލީމީ ދާއިރާއާއި އިންޑިއާ އާއި ގުޅުންބާއްވާނަމަ އިންޑިއާގައި މިއަދު މުސްލިމުންނަށް އުޅެންޖެހިފައިވާ ނިކަމެތިކަން ރާއްޖެއަށް ކުރިމަތިވާނެއެވެ. ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ އިންޑިއާގެ ބައެއް ޓީޗަރުންގެ ކިބައިން ފެނި ސާބިތުވެފައިވާ އިސްލާމް ދީނާއި ދެކޮޅު ޢަމަލުތަކާއި އިންޑިއާއިން މިހާރު ފެންނަމުންދާ ކަންކަމާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާކަން އެނގިގެންދާނެއެވެ. 

އައިޔޫމްގެ ޚަބަރު: 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި އިންޑިޔާގެ އަލިގާ މުސްލިމް ޔުނިވަރސިޓީ އާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ސޮއިކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެމްއޯޔޫގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗަންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. އަދި  އަލިގާ މުސްލިމް ޔުނިވަރސިޓީ ގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ރެޖިސްޓަރ އަބްދުލް ހާމިދެވެ. މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖެއަށް އިންޑިއާއިން ކަނޑައަޅާފައި ހުންނަ ސަފީރު ޝްރީ މުނޫމަހާވަރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އައިޔޫއެމް އިން ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވަރސިޓީގެ ދެމުގައި ޢިލްމީ ކަންކަމާއި، ތަމްރީނާއި ދިރާސާތައް ކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށް ދެވިގެންދާނެ ކަމަށާއި ވަކިން ޚާއްސަކޮށް ދަރިވަރުން އަދި މުވައްޒަފުންގެ އެކްސްޗޭންޖް ޕްރޮގްރާމްތަށް ހިންގިގެންދިޔުމާއި ޓްރެއިނިންގ ސެޝަންސް އަދި ސެމިނާރ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެންދިޔުމާއި އަދި ހަމަ އެހެންމެ ދެފަރާތުން ގުޅިގެން ރިސާޗް ޕްރޮޖެކްޓްތަށް ހިންގިގެންދާނެ ކަމަށެވެ.

އެމްއޯޔޫގައި ސޮއި ކުރުމަށް ބޭއްވުނު މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސީނިއަރ މެނޭޖްމަންޓް ޓީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން