އިނގިރޭސި ސަފީރާ ރާއްޖެއަންނަ މެހްމާނުން މިސްތަކަށް ޤަދަރުނުކުރާތީ ޑރ. ޝަހީމް ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ.
ޑރ. ޝަހީމް ވިދާޅުވީ އިނގިރޭސި ރާނީ ޔޫއޭއީގައި ހުންނަ އެންމެ ބޮޑު މިސްކިތަށް ޒިޔާރަތްކުރެއްވިއިރު މުސްލިމުންގެ ޘަޤާފަތަށް އިޙްތިރާމް ކުރެއްވި ކަމަށެވެ. އެހެންކަމަށްވާއިރު ރާއްޖެއަށް ކަނޑައަޅާފައިވާ އިނގިރޭސި ސަފީރާއި ރާއްޖެއަށް ޒިޔާރަތްކުރާ މެންހާނުން އެކަމަނާ ކުރެއްވިފަދައިން މުސްލިމުންގެ ޘަޤާފަތަށް އިޙްތިރާމް ނުކުރަނީ ކީއްވެގެންތޯއެވެ؟
"މިސްކިތްތަކުގެ ޤަދަރާއި އިޙްތިރާމް ދަމަހައްޓަން ޖެހެއެވެ. ޘަޤާފަތަށް އިޙްތިރާމްކުރަންޖެހެއެވެ."
ޤަބޫލުކުރަންޖެހޭ ކަމަކީ ކާފިރުން މުސްލިމުންގެ ކަންކަމަށް އިޙްތިރާމްކުރާނީ މުސްލިމުންގެ ކިބައިގައި ޘަޤާފަތަށް އިޙްތިރާމްކުރުމުގެ ނިޔަތް އޮވެގެން ކަމެވެ. ރާއްޖޭގެ މިސްކިތްތަކުގެ ޙުރުމަތް ދަމަހައްޓައި މަތިވެރިކުރުވުމަކީ އިސްލާމިކް މިނިސްޓްރީން ކުރަންޖެހޭނެ ކަމެއް ކަމެވެ. މިފަދަ ހުރިހާ ސުވާލުތަކެއް އުފެދެނީ އިސްލާމިކް މިނިސްޓްރީ އޮޔާގޮސްފައިވާތީއެވެ.
Ingireysi Raaani UAE ge emme bodu miskithah ziyaaray kurevvi iru ekamana Muslimunge Saqaafathah kurevvi ihuthiraam raajjeyga hunna ingireysi safeeraai anna mehumaanun nukuranvee keeve? Miskiythakuge qadharaai ihuthiraam dhamahattan jehey . Saqaafathah ihuthiraan kuran jehey. pic.twitter.com/LQ76IjwXZ8
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 17, 2022