އިއްޔެގެ ހުކުރު ނަމާދަށްފަހު އާސަހހަރާ މިސްކިތުގައި ދެމީހެއްގެ މައްޗަށް ކަށުނަމާދުކުރެވުނެވެ. މިސްކިތާއި ގޯތިތެރެ ފުރި ބާރުވެ މަގުމަތީގައި ގަދަ އަވީގައިވެސް އެތައް ބައަކު ނަމާދުކުރިއެވެ.
ކަށުނަމާދަށް ގޮވާލަމުން އޭނާގެ ޢާންމު އުޞޫލުން އިއްޔެވެސް އިމާމް ބުނީ ހުކުރު ނަމާދަށް ސަފުގައި ތިބި ގޮތަށް ސަފުގައި ތިބުމަށެވެ. އިމާމަކީ އޭނާގެ ވިސްނުމުގައި ކޮރޯނާ ނޫން ދެވަނަ ކަމެއް ހުންނަ އިމާމެއް ނޫންކަން މީގެ ކުރިން ސޯޝަލް މީޑިއާގައި ހާމަވި ވީޑިއޯތަކުންވެސް ވަނީ އެނގިފައެވެ. އިމާމު އިއްޔެ އެބުނި ޢިބާރާތުންވެސް އެނގެނީ އޭނާގެ ވިސްނުން އަދިވެސް ހުރީ އެގޮތަށް ކަމެވެ. އެހެންވެ އޭނާ ބިރުގަނެފައި އެހުރީ ސަފުތައް ކައިރިކޮށްފިނަމަ ކޮރޯނާ ފުމެ އަރަން ފަށައިފާނެ ކަމަށެވެ.
ކަށުނަމާދަކީ ރުކޫޢާ ސުޖޫދުކުރަން ޖެހޭ ނަމާދެއް ނޫނެވެ. ވީމާ ދެސަފުދޭތެރޭގައި ސަފެއް ހެދިނަމަވެސް ހަމަ ފަސޭހަކަމާއިއެކު ނަމާދުކުރެވެއެވެ. ކަށުނަމާދު އިމާމްވެ ކުރެއްވީ ހުކުރު ނަމާދު ކުރެއްވި އިމާމް ކަމަށް ބެލެވެއެވެ. ކޮންމެއަކަސް އެ އިމާމަށް ގިނަ ބައަކު އަވީގައި ތިބިކަން ވިސްނިލައްވައި ދެސަފު ދޭތެރޭގައި ސަފެއް ހެދުމަށް ގޮވާލެއްވުމުން އެގޮތަށް ސަފުތައް ތަރުތީބުކުރުމުން ގިނަ ބައަކަށް މިސްކިތަށް އެރުނެވެ. އަވީގައި ތިބި ގިނަ ބައަކު މިސްކިތަށް އެރިތަނާ ގޯތީގައި ހިޔާކޮށްފައިވާ ތަނަށް ވަންތަން ފެނުނެވެ.
ކޮރޯނާ ދެކެ މިހާ ބޮޑަށް ބިރުގަންނަ އިމާމުން ކޮރޯނާ ފިލަންދެން ގޭގައި މަޑުކޮށްލުން ރަނގަޅުވާނެ ކަމަށް ނަމާދުކުރި ބައެއް މީހުން ބުނާއަޑު އިވުނެވެ.