ހެލްތު މިނިސްޓްރީން އައި.ޖީ.އެމް ހޮސްޕިޓަލަށް ފައިބްރޯ ސްކޭން މެޝިނެއް ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ހެލްތު މިނިސްޓްރީން އައި.ޖީ.އެމް ހޮސްޕިޓަލަށް ފައިބްރޯ ސްކޭން މެޝިނެއް ހަވާލުކޮށްފި

ދިވެހިރާއްޖޭގައި ވައިރަލް ހެޕަޓައިޓިސް (ހެޕަޓައިޓިސް ބީ އަދި ސީ) ގެ ފަރުވާގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ދަށުން ހެޕަޓައިޓިސް ބީ އަދި ސީ ގެ ފަރުވާގެ ފެންވަރު މަތި ކުރުމަށްޓަކައި ބޭނުންވާ ފައިބްރޯ ސްކޭން މެޝިނެއް 2022 ފެބްރުއަރީ 21 ވީ ހޯމަ ދުވަހު މިނިސްޓްރީ އޮފް ހެލްތުން އައި.ޖީ.އެމް ހޮސްޕިޓަލާ ހަވާލުކޮށްފިއެވެ.

ފައިބްރޯ ސްކޭންގެ ޚިދުމަތް ގާއިމްކުރުމަށް މިނިސްޓްރީ އޮފް ހެލްތުން އައި.ޖީ.އެމް ހޮސްޕިޓަލާ ހަވާލުކޮށްފައިވާ މި މެޝިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން އެ މިނިސްޓްރީއަށް ހަދިޔާ ކޮށްފައިވާ މެޝިނެކެވެ.

ވައިރަލް ހެޕަޓައިޓިސް (ހެޕަޓައިޓިސް ބީ އަދި ސީ) އަށް ބޭސް ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން އާސަންދައިގެ ދަށުން، މިހާރު ދަނީ ބޭސް ފޯރު ކޮށްދެމުންނެވެ. އަދި ބަލި ދެނެގަތުމަށާ ފަރުވާގެ ކަންކަން ފުރިހަމައަށް ގެންދިއުމަށްޓަކައި ބޭނުންވާ އެކި ވަސީލަތްތަކާ ޚިދުމަތްތައް ގާއިމް ކުރުމުގެ މަސައްކަތް ޑަބްލިއު.އެޗް.އޯ ގެ އެހީތެރިކަމާއެކު ދަނީ ކުރަމުންނެވެ.

މިއަދު އޮންލައިން