ޑީ. އަހްމަދު ދީދީ ދުނިޔެ ދޫކުރެއްވީ ޘަވާބް އިތުރުވަމުންދާނެ މަގުފަހިކުރައްވާފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 44ސ
ޑީ. އަހްމަދު ދީދީ ދުނިޔެ ދޫކުރެއްވީ ޘަވާބް އިތުރުވަމުންދާނެ މަގުފަހިކުރައްވާފަ!

ޑީ އަޙްމަދު ދީދީ އަކީ ރާއްޖޭގެ އެންމެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގަ ހިމެނިވަޑައިގަންނަވާ ބޭގުޅެކެވެ. ރާއްޖެއާއި ސިންގަޕޫރާއި ދެމެދު ވިޔަފާރިފެށިގެން އައިއި ދުވަސްވަރު އެވިޔަފާރީގެ އެންމެ އެންމެ ކުޜިގައި ހުންނެވި އެއް ވިޔަޔަފާރި ވެރިޔާއެވެ. އަދި އެއިގެ އިތުރުން ޒަމާނީ ފެންވަރުގެ ރެސްޓޯރަންޓެއް މާލޭގައިނ ހިންގެވި ފުރަތަމަ ވިޔަފާރިވެރިއަކީވެސް ޑީ އަޙްމަދު ދީދީއެވެ. 

"އާދެ މިދެންނެވީ، މި ސްކޫލްގެ ނަން އެ ބޭފުޅަކަށް ނިސްބަތްވާ ޑީ އަހަންމައިދީގެ ވާހަކަ. މި ސްކޫލަކީ ވަރަށް މާތް، ވަރަށް މަތިވެރި ނިޔަތެއްގައި އޭނާ ކުރެއްވި މަސައްކަތެއް. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، މާލޭގެ އަވަށު މަދަރުސާތަކުގެ ތެރެއިން އެންމެ ކާމިޔާބުކަމާއެކު ދެގޮތެއްނުވެ މިއަދާ ހަމައަށް ހިނގަމުން އައި ހަމައެކަނި ސްކޫލްގެ ގޮތުގައި، އަޙްމަދިއްޔާ ދެމިއޮތުމުގެ ސިއްރަކީވެސް، އޭނާގެ ތެދުވެރި ނިޔަތާއި، އިޚްލާޞްތެރި ހެޔޮ ޢަމަލު..

އެހެންކަމުން، އަލްމަރްޙޫމް ޑީ އަހަންމައިދީއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން" ރައީސް ޞާލިޙް 

މީހާ މަރުވުމަށްފަހު ޘަވާބް އިތުރުވަމުންދާނެ ޢަމަލުތަކުގެ ތެރޭގައި ސްކޫލް މަދުރަސާތައް އަޅައިދީ ކިޔަވައިދިނުން ހިމެނެއެވެ. 

މަރުޙޫމްގެ ފުރާނައަށް ﷲ ސުވަރުގޭގެ ނިޢްމަތް މިންވަރުކުރައްވަވާށި! އާމީން

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުން:

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ 

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ދައުލަތުގެ ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑު ދެކޭ ގޮތުގައި މިރޭގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ، މި ސްކޫލްގެ ހިންގުންތެރި ވެރިންނަށާއި، މުދައްރިސުންނަށާއި، ސްކޫލްގެ މުވައްޒަފުންނަށް، ވަކިން ޚާއްޞަކޮށް މި ސްކޫލްގެ ލޮބުވެތި ދަރިވަރުންނަށާއި ބެލެނިވެރިންނަށް މަރުޙަބާއާއި ތަހުނިޔާ ދެންނެވުން. އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް 40 އަހަރު ފުރުން ފާހަގަކުރާއިރު، މި ސްކޫލްގެ މާޒީން ވަރަށް ފަޚުރުވެރި ޞަފްޙާތަކެއް އަޅުގަނޑުމެންނަށް ފެނޭ.

އެންމެ ފުރަތަމަ ކަމަކީ، މި ސްކޫލް އުފެދިގެން އައިގޮތް. މި ޙަފްލާގައި އަޅުގަނޑުމެންނަށް ފެނުނު ވީޑިއޯ ރިޕޯޓުންވެސް އޭރުގެ ޙަޤީޤަތްތައް ވަރަށް ބޮޑަށް ސާފުވެއްޖެ. މި ސްކޫލް އުފެދުނު ގޮތާއި، އެކަމަށްޓަކައި ކުރެވުނު މަސައްކަތް އެނގިގެން ހިނގައްޖެ. އެ ރިޕޯޓުން އަޅުގަނޑަށް އެނގުނީ، މި އަވަށުގެ ވަރަށް އިޚްލާޞްތެރި ދަރިއެއްގެ ހިތުގައި ތަޢުލީމު ފެތުރުމަށް އޮތް ލޯތްބާއި ޝައުޤުވެރިކަން.

އާދެ މިދެންނެވީ، މި ސްކޫލްގެ ނަން އެ ބޭފުޅަކަށް ނިސްބަތްވާ ޑީ އަހަންމައިދީގެ ވާހަކަ. މި ސްކޫލަކީ ވަރަށް މާތް، ވަރަށް މަތިވެރި ނިޔަތެއްގައި އޭނާ ކުރެއްވި މަސައްކަތެއް. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، މާލޭގެ އަވަށު މަދަރުސާތަކުގެ ތެރެއިން އެންމެ ކާމިޔާބުކަމާއެކު ދެގޮތެއްނުވެ މިއަދާ ހަމައަށް ހިނގަމުން އައި ހަމައެކަނި ސްކޫލްގެ ގޮތުގައި، އަޙްމަދިއްޔާ ދެމިއޮތުމުގެ ސިއްރަކީވެސް، އޭނާގެ ތެދުވެރި ނިޔަތާއި، އިޚްލާޞްތެރި ހެޔޮ ޢަމަލު.

އެހެންކަމުން، އަލްމަރްޙޫމް ޑީ އަހަންމައިދީއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

މީގެ 40 އަހަރު ކުރިއަށް ޖެހިލާއިރު، ރާއްޖޭގެ ތަޢުލީމީ ޙާލަތު އޭރު އޮތީ، މާ ދުޅަހެޔޮ ގޮތެއްގައެއް ނޫން. ރާއްޖޭގެ ގިނަ ރަށްރަށުގައި، ރަނގަޅު ފެންވަރުގެ ތަޢުލީމެއް ލިބޭކަށް އޭރަކު ނެތް. މާލޭގައި އޭރު ހުރީ ސަރުކާރުން ހިންގާ އެންމެ ތިން ސްކޫލާއި، އަމިއްލަ ބަޔަކު ހިންގި ދެތިން ސްކޫލް.

މާލޭގައި ހުރި ސަރުކާރުގެ ސްކޫލްތަކުންވެސް، މާލޭގައި ތިބި ހުރިހާ ކުދިންނަށް އޭރު ޖާގައެއް ނުލިބޭ. އޭރު ދިމާވާ އަނެއްކަމަކީ، ޖެހިޖެހިގެން ދެ އަހަރު ފެއިލް ވެއްޖިއްޔާ، ސްކޫލުން ވަކިވާންޖެހުން. އެގޮތް މެދުވެރިވެގެންވެސް ސްކޫލަކުން ޖާގައެއް ނުލިބި، މަގުމަތިވެފައި ތިބި އެތައް ސަތޭކަ ކުދިންނެއް، އޭރު މާލޭގައި ދިރިއުޅެމުންދިޔަ.

މާލޭގެ ހަތަރު އަވަށުގައި އުފެއްދި އަވަށު މަދަރުސާތަކަކީ، މިދެންނެވި ކުދިންނަށް ތަޢުލީމުގެ ދެވަނަ ފުރުޞަތެއް ހޯދައިދިނުމަށް ހުޅުވުނު ވަރަށް ތަނަވަސް ދޮރެއް. ތަޢުލީމުގެ ފުރުޞަތުތައް ތަނަވަސްވަންދެން، މާލޭގެ އެހެން އަވަށު މަދަރުސާތައްވެސް ވަރަށް ކާމިޔާބުކަމާއެކުގައި ހިނގަމުންދިޔަ. އަދި މިހާރުވެސް ބައެއް ކްލާސްތައް، އެ މަދަރުސާތަކުގައި އެބަ ހިންގާ.

އަޙްމަދިއްޔާ ސްކޫލަކީ މިހާރުވެސް ރާއްޖޭގެ ތަޢުލީމީ މައިދާނުގައި ވަރަށް މަތީ މަޤާމެއްގައި ސާބިތުކަމާއެކު ދެމިއޮތް ސްކޫލެއް. މިހާރު މާލޭގައި ހުރި ސްކޫލްތަކުގެ ތެރެއިން، ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދޭ ހަމައެކަނި ސްކޫލަކީ އަހްމަދިއްޔާ. އަދި ދަރިވަރުންނާއި ޓީޗަރުން އެންމެ ގިނަ އެއް ސްކޫލަކަށްވެސް އަޙްމަދިއްޔާ ވެގެންދާނެ. 

މިއަދު އޮންލައިން