އިންޑިއާގެ އެމްޔޫ ހޮސްޕިޓަލަށް އާސަންދަ ދިނީމާ ހުސްވަނީ ސަލާންޖަހައިގެން ގެންދާ ލާރިކޮޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އިންޑިއާގެ އެމްޔޫ ހޮސްޕިޓަލަށް އާސަންދަ ދިނީމާ ހުސްވަނީ ސަލާންޖަހައިގެން ގެންދާ ލާރިކޮޅު!

އިންޑިއާގެ އެމްޔޫ ހޮސްޕިޓަލަށް އާސަންދަ ދިނީމާ ހުސްވަނީ ބަލިމީހާ ސަލާންޖަހައިގެން ގެންދާ ލާރިކޮޅު ކަމަށް އެހޮސްޕިޓަލުން ފަރުވާ ހޯދި ބައެއް މީހުން މިއަުނޫހަށް މައުލޫމާތު ދީފިއެވެ. 

"ވާގޮތަކީ ކިޑްނީ ބަލި ފަދަ ކަންކަމުގަ ގޮސް ޓެސްޓް ހަދން ބުނެފަ ޑޮކްޓަރު ފުރައިގެންދަނީ. މާލެވެސް ދޭ. ދެން އަންނަނީ ހަފްތާ ދެހަފްތާފަހުން. އަންނަންދެން ތިބެންޖެހެނީ ހޮޓަލުގަ. ހޮޓަލުގަ ތިބޭކަށް އާސަންދްއަކު ޚަރަދެއް ނުކުރޭ. ދެން ވާގޮތަކީ ސަލާންޖަހައިގެން ގެންދާ ލާރިކޮޅުން ހޮޓާ ބިލް ދައްކަމުން ގޮސް ލާރިކޮޅު ހުސްވެ އަނެއްކާވެސް ސަލާންޖަހަން ޖެހެނީ. ފަރުވާއާއި ހަމައަށް ދެވޭއިރު ސަލާންޖަހައިގެން ގެންދިއަ ލާރިކޮޅު ހުސްވޭ ހޮޓަލަސް ބިލްދައްކަމުން ގޮސް!" 

"އިހައްދުވަހުވެސް އަޅުގަނޑު އެޑޮކްޓަރު ދުށިން އައިޖީއެމްއެޗުން. އަޅުގަނޑަކީ އެހާލުގައި ޖެހި ވަރަށް ނިކަމެތި ޙާލުގަ އުޅެންޖެހުނު މީހެއް. ދެން އަޅުގަނޑު ކަންބޮޑުވީވަރުން ބޭސްކޮށްދިން އިންޑިއާ އެޖެންޓަށް ގުޅާލިން. އޭނާ ބުނީ އޭނާގެ އެހީތެރިކަމުގަ ބޭސްކުރާ އެތައް ބައަކުވެސް ޓެސްޓްތައް ހަދާފަ އެޑޮކްޓަރަށް ނުދެއްކިގެން އެބަތިބި ކަމަށް. މިއީ ދެން ކިހާދެރަކަމެއް؟" 

"އަޅުގަނޑުގެ އާދޭހަކީ އާސަންދައިން މިކަންކަން ބަލައިލަދިނުން. އާސަންދަ ސަރުކާރުން ދެނީ ވަރަށް ރަނގަޅު ނިޔަތެއްގަ. އެކަމަކު ކަންކަން ވަމުން މިދަނީ ވަރަށް ދެރަކޮށް. މިކަންކަން ތަންކޮޅެއް ގާތުން ބަލާލައި އާސަންދައިން އެހީތެރިވެދީގެން ނޫނީ ޙައްލެއް ނުވާނެހެން ހީވަނީ. އާސަންދަ ދޭ އެހެން ބައެއް ހޮސްޕިޓަލުތަކުގަ މި މައްސަލަ ދިމާނުވާކަމަށްވެސް މައުލޫމާތުލިބޭ. އެކަމަކު މިއީ އެމްޔޫ ހޮސްޕިޓަލުގަ ވަރަށް ގިނައިން ދިމާވާ ކަމެއް."

މިއީ މިއަދުނޫހަށް ލިބިފައިވާ ބައެއް މައުލޫމާތެވެ.

 

 

 

މިއަދު އޮންލައިން