ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި އީމާން ނިޔާވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި އީމާން ނިޔާވެއްޖެ

އިއްޔެ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އުމުރުން 29 އަހަރުގެ އައިމިނަތު އީމާންއަށް ނިޔާވެއްޖެއެވެ.

ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ އީމާން ނިޔާވެފައިވާ ކަން އޭނާގެ އާއިލާއިންނާއި، މާލެ ސިޓީ ކައުންސިލާއި، އޭޑިކޭ ހޮސްޕިޓަލުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

މިހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ކުރެދި ހިނގުމުން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އީމާން އެކްސިޑެންޓުވީ ސައިކަލް ދުއްވާފައި ދަނިކޮށް ބަމްޕަރެއްގެ މައްޗަށް އެރި ވަގުތު ކަހާލައިގެންނެވެ. އަދި ކަހާލައިގެން ވެއްޓުނު ގޮތަށް އީމާން ހޭނެތުނުއިރު އޭނާ ނިއާވުމާ ހަމައަށް ވެސް ހޭނާރަ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އީމާންގެ ހަށިގަނޑުގެ ބޭރުން އަނިޔާގެ ނިޝާނެއް ނެތަސް ބޯ ފަޅައިގެން ގޮސް އޭނާގެ ސިކުނޑި ވެސް ދުޅަވެފައިވާއިރު އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ. 

މިއަދު އޮންލައިން