ލޭނު އެޅުމާ ދާއެޅުން ހުއްދަކުރަން އުޅެނީ ބިދޭސީންގެ އަތްމައްޗަށް މަސްވެރިކަން ދޫކޮށްލަން ކުރާ ހީލަތްތެރި މަސައްކަތެއް ކަމަށް ދޭހަވާ މޭރުމަކުން ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އެކަން ކުއްވެރިކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރެއްވި ޓްވީޓަކާއި ގުޅިގެން އެ ޖަމިއްޔާއިން ބުނެފައިވަނީ "ކަންނެލި މަސްވެރިކަމަށް ލޭނު އަޅަން ހުދަ ދިނުމަށް މަސްވެރިން ދެކޮޅު. މިއީ ވަރަށް ބޮޑު ކަންބުވުމެއް އޮތް ކަމެއް. ޒަމާނުންސުރެ ދިވެހިން ކުރަމުން އައި މަސްވެރިކަމަށްވެސް ހުތުރު. ކަަންނެލި ކިލޯއަކަށް ލިބެމުން އަންނަ އަގު ބޮޑުތަނުން ދަށްވުމުގެ ބިރު ވަރަށް ބޮޑު" ކަމަށެވެ.
ކަންނެލި މަސްެވެރިކަމަށް ލޭނު އަޅަން ހުދަ ދިނުމަށް މަސްވެރިން ދެކޮޅު. މިއީ ވަރަށް ބޮޑު ކަންބުވުމެއް އޮތް ކަމެއް. ޒަމާނުންސުރެ ދިވެހިން ކުރަމުން އައި މަސްވެރިކަމަށްވެސް ހުތުރު.ކަަންނެލި ކިލޯއަކަށް ލިބެމުން އަންނަ އަގު ބޮޑުތަނުން ދަށްވުމުގެ ބިރު ވަރަށް ބޮޑު. https://t.co/MGhBbxbhKh
— Bodu Kanneli Masveringe union- BKMU (@FishermensUnion) February 28, 2022
ފިޝަރީޒް މިނިސްރީން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ އޯޝަން ހަންޓަރ ފިޝަރީޒް ގެ ސީ.އީ.އޯ ހުސައިން ޝަރީފް، ފިޝަރީޒް މިނިސްޓަރަކަށް ޑރ. ހުސައިން ރަޝީދު ހަސަންއާއި ބައްދަލު ކުރަށްވާފައިވާ ކަމަށެވެ. އިއްޔެ ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ލޭނު މަސްވެރިކަމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަަމަށެވެ.