އައިމިނަތު އީމާން މަރުވި ކަމަށް އަދި ޑޮކްޓަރުން ނުނިންމަވާ!: ޢަފާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
އައިމިނަތު އީމާން މަރުވި ކަމަށް އަދި ޑޮކްޓަރުން ނުނިންމަވާ!: ޢަފާލް

ހުޅުމާލޭގައި އިއްޔެ ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މާލެ ސިޓީ ވިލިމާލެ ދާއިރާގެ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާން މަރުވި ކަމަށް އަދި އަދި ޑޮކްޓަރުން ނިންމަވާފައެއް ނުވެއެވެ. 

މިއަދުނޫހަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން އިތުރު މައުލޫމާތު ހޯދުމުން އެނގުނީ ދާދި ދެންމެ އާއި ޖެހެންދެންވެސް ޑޮކްޓަރުން އޭނާ މަރުވިކަމަށް ނިންމަވާފައި ނުވާކަމަށެވެ. "ބުނެވެން އޮތީ އަދި ފެންނަ ފެނުމަށް ބަލާއިރު ޕޮސިބިލިޓީސްތައް ވަރަށް ކުޑައޭ. ނަމަވެސް އެއިގެ މާނައަކީ އަދި އޭނާ މަރުވެއްޖެ ކަމަށް ނިންމުމެއް ނޫން." ކަމަށްވެސް އަފާލް ވިދާޅުވިއެވެ. 

ދައުލަތުގެ މީޑިއާ އާއި އެހެންވެސް ގިނަ ނޫސްތަކަކަށް ބުރަވެ އޭނާ ނިޔާވެއްޖެ ކަމަށް މިއަދުނޫހުގައި ކުރިން ޝާއިޢުކުރެވުނުކަމަށްޓަކައި ޢާއިލާގެފަރާތުންނާއި ކިޔުންތެރިންގެ ކިބައިނަ ނިހާޔަތަށް މާފަށް އެދެމުއެވެ.

މިއަދު އޮންލައިން