އިއްޔެ ނިޔާވިކަމަށް ޚަބަރުފެތުރުނު އައިމިނަތު އީމާން ނިޔާވީ މިއަދު ހެނދުނު- ޖަނާޒާ ޢަޞްރުނަމާދަށްފަހު!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
އިއްޔެ ނިޔާވިކަމަށް ޚަބަރުފެތުރުނު އައިމިނަތު އީމާން ނިޔާވީ މިއަދު ހެނދުނު- ޖަނާޒާ ޢަޞްރުނަމާދަށްފަހު!

އިއްޔެ ނިޔާވެއްޖެ ކަމަށް ޚަބަރުތަކުގައި ޢާންމުކުރި، ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލަކުން ވެއްޓި ސީރިއަސް ޒަޚަމްތަކެއް ލިބުނު ވިލިމާލޭ އަންހެނުންގެ ތަރައްޤީއަށް މަސައްކުރާ ކޮމެޓީގެ މެމްބަރު އައިމިނަތު އީމާން މިއަދު ހެނދުނު ނިޔާވެއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވަނީ އޭނާ ނިޔާވެއްޖެ ކަމަށް ޑޮކްޓަރުން ކަނޑައެޅުއްވީ މިއަދު ހެނދުނު 7:42 ގައި ކަމަށެވެ. މާލެ އާސަހަރާއިން ބުނީ ސަހަރާގައި މައްޔިތާގެ ހަށިގަނޑު މިހާރު އެބައޮތް ކަމަށާއި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނީ މިއަދުގެ ޢަޞްރު ނަމާދަށްފަހުގައިކަމަށެވެ. 

އާމިނަތު އީމާންގެ ފުރާނައަށް ސުވަރުގޭގެ ނިޢްމަތް މިންވަރުކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވަވާށި! އާމީން

މިއަދު އޮންލައިން