ހުޅުމާލޭގައި ސްޕީޑް ކޮންޓްރޯލްކުރައން ހަދާފައިވާ ގިނަ ބަމްޕަރުތައް ހުރީ ވަރަށް ނުރައްކައުތެރި ހާލަތެއްގައިކަން ގިނަ ބައަކު ފާހަގަކުރެއެވެ. ރީނޑޫކުލަ ދެކެ ރުޅި އައިސް ހުދުކުލައަށް ބަދަލުކުރުމަށްފަހު ދަވާު އައުނުކުރުމުން ގިން ބަމްޕަރުތައް ފާހަގަކުރަން ވަރަށް އުނދޫވުމުންނެވެ.
ދަވާދު އައުނުކުރާތަނުގައި ގިން ސަރަހައްދުތަކުގައި އަލި ނުހުންނަކަން ނުވަތަ އަލި މާބޮޑަށް މަޑުކަން އެއީވެސް ޙާލަތުގެ ނުރައްކައުތެރިކަން ބޮޑުވާ އެއް ސަބަބެވެ.
ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން ބޮޑު މައްސަލައަކަސްވާ މައްސަލަ ޙައްލު ނުކުރެވި ދިގުލައިދިނަމަވެސް ޒަމާނުންސުރެ ހުޅުމާލޭގައި މިފަދަ ކަންކަން އިޞްލާޙްކުރާނެ ފަރާތެއް ނެތި ދެމިގެން އަންނަކަން އެއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ.
"ކިތަންމެ ރެއަކު ކުއްލިއަކަށް ބަމްޕަރު ފެންނަނީ ވަރަށް ކައިރިވާފަހުން. ދެން މަޑުކުރަން އުޅެގެން ފަހަތުގަ އިންނަ މީހާ ވިއްސައިގެންދާންވެސް އުޅޭ. ކުއްލިއަކަށް ބުރެކި ޖެއްސުނީމަ ސައިކަލް ކަހާލާ ނުވަތަ އަރިއަޅާލާ ފަހަރުވެސް މަދެއް ނޫން. އަނެއްބައިފަހަރު ނޭނގިގޮސް އެރޭތަނުން ސައިކަލް ފުންމައިގެންވެސް ދޭ. ދެރައީ މިކަންކަން ބަލައިލާނެ ފަރާތެއް ނެތްކަން. ﷲ ގެ ދީލަތިވަންތަކަމުން އަނިޔާ ލިބުން މަދުވަނީ!"
މިފަދަ ކޮމެންޓްތައް ގިނަ ބައަކު ކުރެއެވެ. އަދި މިކަންކަމަކީ މިއަދުނޫހަށްވެސް ފާހަގަކުރެވިފައިވާ ކަންކަމެވެ.