އީމާނާ އައިނަތުފާނުގެ ޖަނާޒާ- ގިނަ ބައެއްގެ ލޮލުން ކަރުނަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
އީމާނާ އައިނަތުފާނުގެ ޖަނާޒާ- ގިނަ ބައެއްގެ ލޮލުން ކަރުނަ

މިއަދުގެ ޢަޞްރު ނަމާދަށްފަހު ބޭއްވި އައިމިނަތު އީމާން އާއި އާމިނަތުފާނުގެ ޖަނާޒާގައި ވަރަށް ގިނަ ބައަކު ބައިވެރިވިއެވެ. މިސްކިތާއި ގޯތި ތެރެ ފުރިގެން މަގުމަތީގެ ބޮޑު ސަރަހައްދެއްގައި މީހުން ކަށުނަމާދަށް ތިއްބެވެ. ކުނާވެސް ހުސްވެ ގިނަ ބައަކު ބިންމަތީގައިވެސް ނަމާދުކުރިއެވެ. 

މިއަދުގެ ޖަނާޒާގައި އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ ވަރަށް ގިނަ އަންހެނުން ބައިވެރިވި ކަމެވެ. 

އީމާންގެ ކުއްލި ނިމުން ވެގެން ދިއައީ ގިނަ ބައެއްގެ ލޮލުން ކަރުނަ އޮހޮރުނު ކަމަކަށެވެ. 

މާތް ﷲ ދެ މަރްޙޫމާ އިންގެ ފުރާނައަށް ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާށި! އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވަވާށި! އާމީން

މިއަދު އޮންލައިން