2 އަހަރުގެ ކުޑަކުއްޖެއްގެ ނޭވާލާ ހޮޅިއަށް ކަރަންފުލެއް ގޮސް ތާށިވެގެން ވެންޓިލޭޓަރަށް! މިއީ ސަމާލުވާންޖެހޭ ކަމެއް!: ޑރ. މުޙައްމަދު ޢަލީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
2 އަހަރުގެ ކުޑަކުއްޖެއްގެ ނޭވާލާ ހޮޅިއަށް ކަރަންފުލެއް ގޮސް ތާށިވެގެން ވެންޓިލޭޓަރަށް! މިއީ ސަމާލުވާންޖެހޭ ކަމެއް!: ޑރ. މުޙައްމަދު ޢަލީ

ކަރަންފުލަކީ ކުޑަކުދިންނަށް ވަރަށް އާންމުކޮށް ދެވޭ އެއްޗެއް، ނުވަތަ ވަރަށް ފަސޭހައިން ތަނަކުން ނަގައިގެން އަމިއްލައަށްވެސް އަނގަޔަށް ލައިފާނެއެއްޗެއް.

ނަމަވެސް މިފަހަރު މި ކަރަންފޫ ދިޔައީ ނޭވާލާ ހޮޅި ތެރެއަށް!

ކަރަންފޫކަހަލަ ކެއުމަށް ބޭނުންކުރާ އެއްޗިއްސަކީ އެއަށް ފެން ދަމާ އެއްޗިހި.  މި ކަރަންފޫ އިނީ ފެންދަމާ ފުފިފަ، ވާތް ފަރާތު ނޭވާލާ ހޮޅީގަ ތާށިވެފަ.

ނެގުނީ ވަރަށް އުނދަގުލުން.

އެއީ 2 އަހަރު ވަރު ކުއްޖެއް.

ވެންޓިލޭޓަރަށްވެސް ލާން ޖެހުން.

ﷲ ގެ ރަހުމަތްފުޅުން މިހާރު ވަނީ ގެއަށް ފޮނުވާލެވިފައި.

ކުޑަކުދިންނަށް ކަރަންފޫ ކަހަލަ އެއްޗިހި ނުދެމާ، އަދި ކާ އެއްޗިހި އަނގަޔަށްލައިގެން، ހީ، ސަކަރާތް ޖަހާ، ދުވެ އުޅުނަ ނުދެމާ!

 

- ޑރ. މުޙައްމަދު ޢަލީ

މިއަދު އޮންލައިން